ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2023/20
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:06
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނައަހަރު ފިތުރުޢީދުގެ މުނާސަބަތާއި ގުޅިގެން ބާއްވާ ފުޓްސަލް މުބާރާތާއި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމާއި ގުޅޭ

   1444 ވަނަ އަހަރު ފިތުރު އީދުގެ މުނާސަބަތާގުޅިގެން ދ. ބަނޑިދޫގެ ދެޖިންސްގެ ޒުވާނުންގެ މެދުގައި ފުޓްސަލް ކުޅުމުގެ ފޯރި އިތުރުކުރުމާއި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި ބަނޑިދޫ އިން ހުނަރުވެރި މޮޅު ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ ބަނޑިދޫ ކައުންސިލް ފުޓްސަލް މުބާރާތް 18 އެޕްރީލް 2023 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި 2 މުބާރާތުގައި ބައިވެރިވެވޭނީ ދ. ބަނޑިދޫއަށް ނިސްބަތްވާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށާއި އާންމު ފަރުދުން އެކުލަވާލާ ޓީމްތަކަށެވެ.

   މި 2 މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް، ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުވުމަށްފަހު 14 އެޕްރީލް 2023  ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އަދި ޓީމް ލިސްޓް 17 އެޕްރީލް 2023މ ވަނަ ދުވަހުގެ 11:30ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. މިމުބާރާތުގައި ރަޖިސްޓްރީކުރަން އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިސަލުން ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް މިކައުންސިލް ޢިދާރާގެ މެއިލް އެޑްރެސް b[email protected] އަށް މެއިލްކުރުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް 9650005 ނަންބަރު ފޯނާއި ގުޅުއްވުންއެދެމެވެ.

          މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 އޭޕްރިލް 2023