ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AE/426/2023/176
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 27 އޭޕްރިލް 2023 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީގެ ހިތަދޫ އަވަށުން 4 ބިން ކުއްޔަށް ދޫކުރުމާގުޅޭ

އިޢުލާން

އައްޑޫ ސިޓީގެ ހިތަދޫ އަވަށުން 4 ބިން ކުއްޔަށް ދޫކުރުމާގުޅޭ

އައްޑޫ ސިޓީ ހިތަދޫ އިން 4 (ހަތަރެއް) ބިމެއް ގަރާޖް ވޯކްޝޮޕް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ނަންބަރުތަކާއި ބިމުގެ ސައިޒް ތިރީގައި އެވަނީއެވެ.

ބިމުގެ ނަންބަރު

ކުއްޔަށް ދޫކުރާ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓު)

1

ގަރާޖް ވޯކްޝޮޕް ހިންގުމަށް

8323.194

2

ގަރާޖް ވޯކްޝޮޕް ހިންގުމަށް

8321.171

3

ގަރާޖް ވޯކްޝޮޕް ހިންގުމަށް

8328.942

4

ގަރާޖް ވޯކްޝޮޕް ހިންގުމަށް

8342.117

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

 

ތަފްޞީލު 

ތާރީޚް / މުއްދަތު އަދި ގަޑި

  • ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

 

 

 

 

  • ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ޝީޓި އާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުން 

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިން ސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ [email protected]   އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

 

 ބިޑު ގަންނަން ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ޝީޓު އަދި ބީލަން ހުށަހަޅާ ފޯމް ސޮފްޓް ކޮޕީ ފޯމެޓުގައި މިއިދާރާއިން މެއިލް ކުރެވޭނެއެވެ.  

16 އޭޕްރީލް 2023އިން 27 އޭޕްރީލް 2023 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00އިން 13:00އަށް

  • ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރިޚާއި ވަގުތު ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

04 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00

މި ބިންތައް ކުއްޔަށް ދޫކުރެވޭ އުޞޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތައް މިއިޢުލާނުގައިވާ ލިންކުގައިވާ ޗާޓުން ފެނިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

22 ރަމަޟާން 1444

13  އޭޕްރީލް 2023

13 އޭޕްރިލް 2023