ދިވެހިރާއްޖެ
1 މި އިޢްލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މިމަރުކަޒުގެ އޭބްލޮކް ކްލާސްރޫމްތަކުގެ ދޮރާއި ދޮރުފަތްތައް އެލްމިނިއަމް ދޮރަށް ބަދަލުކުރަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރުމަށްފަހު 2023 އޭޕްރީލް 13 އިން 2023 އޭޕްރީލް 24 ވަނަ ދުވަހުގެ 12:00 ގެކުރިން [email protected] އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޭޕްރީލް 24 ވަނަ ދުވަހުގެ 10:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 އޭޕްރީލް 26 ވަނަ ދުވަހުގެ 10:45 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
5 މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ
7 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.
ފޯން: 6500014,
އީ-މެއިލް: [email protected],mv