ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-HR/IUL/2023/034
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 27 އޭޕްރިލް 2023 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެކޭނިކް

އިޢުލާން

ނަންބަރު: WAMCO-HR/IUL/2023/034

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މެކޭނިކް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ސަދާން އޮޕަރޭޝަންސް، ހިތަދޫ ކަނެކްޓެޑް އައިލެންޑްސް އޮޕަރޭޝަންސް (އައްޑޫ)

ބޭނުންވާ އަދަދު

02

ޝަރުޠު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން؛ ނުވަތަ
  2. ގްރޭޑް 7 ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މައްސަލަތައް ދެނެގަނެ މަރާމާތުކުރަންޖެހޭ އާލަތްތަކާއި ސާމާނުހޯދާ އެ މައްސަލަތައް ޙައްލުކުރުން
  2. އިކުއިޕްމަންޓްތަކާއި މެޝިނަރީތައް ރަނގަޅަށް އަދި އިތުބާރުހުރި ގޮތެއްގައި މަސައްކަތްކުރާކަން ކަށަވަރުކުރުމަށްޓަކައި، ލުބްރިކޭޝަން، އިންސްޕެކްޝަން، އަދި މަރާމާތުކުރުން ހިމެނޭ ގޮތަށް ރޫޓިން މެއިންޓެނަންސް ހަރަކާތްތަކުގެ ޝެޑިއުލް އެކުލަވާލައި ބެލެހެއްޓުން.
  3. މެއިންޓެނަންސް އަދި މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓް ދެނެގަނެ އޯޑަރުކުރުމަށް ޕަރޗޭސިންގ ޑިޕާޓްމަންޓާ ގުޅިގެން އޯޑަރުކުރުން.
  4. ކުރެވިފައިވާ މެއިންޓެނަންސް މަސައްކަތްތަކުގެ ޞައްޙަ ރެކޯޑްތައް ބެލެހެއްޓުމާއި، ބޭނުންވާ ގޮތަށް ރިޕޯޓްތައް އުފެއްދުން.
  5. ވަޒީފާގެ ވާޖިބުތައް އަދާކުރާއިރު ރައްކާތެރިކަމުގެ ހުރިހާ އުސޫލުތަކަށް ތަބާވުމާއި އެކަށީގެންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ބޭނުންކުރުން.
  6. މަސައްކަތްކުރާ ސަރަހައްދު އިންތިޒާމްކޮށް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އާލާތްތަކާއި ސާމާނު ރަނގަޅަށް ބެލެހެއްޓުމާއި ރައްކާކުރެވިފައިވާކަން ކަށަވަރުކުރުން.
  7. ޕްލާންޓް ސޭފްޓީ އަދި ޓްރޭނިންގ ޕްރޮގްރާމްތަކުގައި ބޭނުންވާ ގޮތަށް ބައިވެރިވުން
  8. ގަވާއިދުން އަދާކުރާ މަސްއޫލިއްޔަތުތަކާއި މަސައްކަތު ގަޑިތަކުން ބޭރުގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވުން
  9. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  10. މިނޫންވެސް ކޯޕަރޭޝަނުން ނުވަތަ ޑިޕާޓުމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު އަދި ޑްރައިވިންގ ޓެސްޓް

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.

  1. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2023 އެޕްރިލް 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ ވެމްކޯ ސައުތު ރީޖަނަލް އޮފީސް (ނިދާލް، ސ.ހިތަދޫ) އަށް ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުމަށްފަހު [email protected] އަށް ކޮޕީކުރުން

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2023 މެއި މަހުގައިކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

22 ރަމަޟާން 1444

13 އެޕްރިލް 2023

 

13 އޭޕްރިލް 2023