ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)447-CS1/1/2015/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 22 ޖަނަވަރީ 2015 15:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ކައްކާ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު:

ކައްކާ

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އެސް.އެސް 1 / ސަޕޯޓް ސްޓާފް ގްރޭޑް 1

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

ވަޒިފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް:

އޮޕަރޭޝަންސް ސެކްޝަން/  ޕަބްލިކް ވަރކްސް ސަރވިސަސް / (ޕްރޮޑަކްޝަން އެންޑް ލޮޖިސްޓިކް ޔުނިޓް) ތިލަފުށި ސައިޓް

 

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3،100 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ޝަރުޠު:

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

  1. ތިލަފުށި ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކައްކާ ކާންދިނުން.
  2. މުވައްޒަފުންނަށް ކައްކާ ކާންދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.
  3. ތެލި ތަށި ދޮވެ ސާފުކުރުން.
  4. ބަދިގެއާއި، ކާގެއާއި މިފަދަ އެހެނިހެން ތަންތަން ފޮޅާ، ފޮހެ ސާފުކުރުން.
  5. މީގެ އިތުރުން، ކުރަންޖެހުނު ޑިޕާޓްމަންޓުގެ ކަމެއް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

1 މަސައްކަތުގެ ތަޖުރިބާ.

2. އިންޓަވިއު.

3. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ ހީވާގި މުރާލި މީހެއްކަމުގައިވުން.

4. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

 

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (އަމީނީމަގު، މާފަންނު / މާލެ)
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.
 

 

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

އިންޓަވިއުކުރުން:

 

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2015 ގެ ޖަނަވަރީމަހާއި ފެބުރުއަރީމަހާ  ދެމެދުގެ ތާރީޚެއްގައި މި ސަރވިސަސްގައެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ ނަންބަރު 3323537 ފޯނަށް ގުޅުން އެދެމެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

15 ރަބީޢުލްއައްޥަލް 1436

06 ޖަނަވަރީ 2015