ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-FNP/320/2015/01
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:24
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުތައްމަތީގައި މަސްކެނޑުމާއި، ވާޓަރުމަތީގައި މަސްކެނޑުން ހުއްޓާލުމަށް
މިހާރަކަށް އައިސް ރަށުގެ ވަރަށް ގިނަ ގޭގެއިން މަސްކަނޑަމުންގެންދަނީ އެގެއަކާ ދިމާ މަގުމަތީގައިކަން މިކައުންސިލަށް ފާހަގަ ކުރެވެއެވެ. މިކަމަކީ ތަހުޒީބީ މުޖުތަމަޢެއްގައި، ކުރުން އެކަށީގެންނުވާ އެހާމެ ނާތަހުޒީބީ ޢަމަލެކެވެ. އަދި މިކަމުގެ ސަބަބުން ޞިއްޙީގޮތުން ގިނަ މައްސަލަތަކެއް އުފެދެއެވެ. އަދި އެސަރަޙައްދުގައި ނުބައިވަސްދުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް ވަރަށް ބޮޑަށް އުދަނގޫވެއެވެ. އަދި މަގުތަކުގައި މަސައްކަތްކުރެވެނީ މިކައުންސިލުން ހުއްދަ ހޯދައިގެންކަން އެތައްފަހަރެއްގެ މަތީން ވާނީ އިޢުލާނުކޮށް ޢާންމުކޮށް އެންގިފައެވެ.
ވީމާ، މިފަދަ ނޭދެވޭ ޢަމަލުތައް، މަގުތައްމަތީގައި މަސްކެނޑުމާއި، ވާޓަރުމަތީގައި މަސްކެނޑުން ހުއްޓާލުމަށް ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
15 ރަބީޢުލްއައްވަލް 1436
06 ޖަނަވަރީ 2015