މަސައްކަތް
ނަންބަރު: (IUL)438-ENV/438/2023/189
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 25 އޭޕްރިލް 2023 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ސާރވިސް ޓު ކޮންޑަކްޓް އެވެއަރނެސް، ޓްރެއިނިންގ އެންޑް ޑެމޮންސްޓްރޭޝަން އޮފް ސަސްޓެއިނަބަލް ފިޝަރީޒް ޕްރެކްޓިސެސް - "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" - އެޑެންޑަމް 1

ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ކޮންސަލްޓެންސީ ސާރވިސް ޓު ކޮންޑަކްޓް އެވެއަރނެސް، ޓްރެއިނިންގ އެންޑް ޑެމޮންސްޓްރޭޝަން އޮފް ސަސްޓެއިނަބަލް ފިޝަރީޒް ޕްރެކްޓިސެސް  - "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިޔަށް ގެންދާ ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)" މަޝްރޫއުގެ ދަށުން، ތަރައްގީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާއި ރައްޓެހި ގޮތުގައި ކުރެވޭ މަސައްކަތްތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އަދި މިގޮތުން ލާމު އަތޮޅުގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރާން ގޮތްތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކޮށް، މިކަމުގެ ތަމްރީން ދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވިފައިވާ އިޢުލާންގެ މުއްދަތު 25 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް އިތުރުކޮށްފައިވާތީ މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

އެޕްލިކޭޝަން ޓައިޓްލް: ކޮންސަލްޓަންސީ ސާރވިސް ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް - "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"  

Do not Open Before 25th April 2023 at 1100hrs – " Consultancy Serviceto Conduct Awareness, Training and Demonstration of Sustainable Fisheries Practices at Laamu Atoll” - (IUL)438-ENV/438/2023/149”

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)

 ނޯޓް:މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

12 އޭޕްރިލް 2023