ދިވެހިރާއްޖެ
އިޢުލާން
ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދާ ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ފުވައްމުލަކު ސިޓީއަށް އަމާޒުކޮށް ހިއުމަން ރައިޓްސް ޑިފެންޑަރުންގެ 3 (ތިނެއް) ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް 2023 ވަނަ އަހަރުގެ މެއި 16 އިން 18 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމްގެ މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ސަޤާފަތެއް ޤާއިމުކޮށް، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ތަމްރީނުކޮށް ބާރުވެރިކުރުމެވެ.
ވީމާ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 2023 އެޕްރީލް 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކު ނުވަތަ QR ކޯޑު މެދުވެރިކޮށް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
https://forms.gle/aqQRQ993Njk67Yfp9
21 ރަމަޟާން 1444
12 އޭޕްރީލް 2023