ދިވެހިރާއްޖެ
ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓާލުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނު އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމަށް ބޭނުންވެގެން ކުރި IUL)459-A/1/2014/1023)ފ29 ޑިސެންބަރު 2014 ނަންބަރު އިޢުލާން ބާޠިލުކޮށް، މިކަމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖަނަވަރީ 2015ވާ އަންގާރަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
18 ރަބީޢުލްއައްވަލް 1436