މަސައްކަތް
ނަންބަރު: 134-PRO/I/2023/31
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 20 އޭޕްރިލް 2023 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފެލިވަރުގައި 2 ކޮޓަރިއާއި ސިޓިންރޫމެއް ހިމެނޭ އިމާރާތެއް ޢިމާރާތްކުރުމާއި މިހާރު ހުރި އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުން

އިޢުލާން ނަންބަރު:134-PROC/I/2023/31

އިޢުލާން

11 އޭޕްރީލް 2023

 

ފެލިވަރުގައި 2 ކޮޓަރިއާއި ސިޓިންރޫމެއް ހިމެނޭ އިމާރާތެއް ޢިމާރާތްކުރުމާއި މިހާރު ހުރި އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުން

މިއީ ޅ.ފެލިވަރުގައި މިހާރު ހުރި އެކޮމޮޑޭޝަން އިމާރާތަށް އިތުރު ކުރެވޭ 2 ކޮޓަރިއާއި ސިޓިންރޫމެއް ހިމެނޭ އިމާރާތެއް ގޮތަށް މިފްކޯއިންދޭ ކުރެހުމަކާއި އެއްގޮތަށް އިމާރާތް ކުރުމާއި މިހާރު ހުރި އިމާރާތުގެ ބައެއް މަރާމާތުގެ މަސައްކަތަށް، ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، މަސައްކަތް ކުރާ ފަރާތުގެ އަމިއްލަ ސާމާނުގައި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މި މަަސައްކަތްކުރާނީ މިފްކޯއިން ކަނޑައަޅާފައިވާ އިންޖިނޭރެއްގެ ބެލުމުގެދަށުން އޭނާގެ ޙާޟިރުގައެވެ.

 

 ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

 ތާރީޙް

 ވަގުތު

 ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ   ކުރުން

 

 އީމެއިލް މެދުވެރިކޮށް

 [email protected]

 20 އޭޕްރީލް 2023

 މެންދުރު 12:00ގެ ކުރިން

މަޢުލޫމާތު ކަރުދާސް

އެޓޭޗްކުރެވިފައި

 އަންދާސީ ހިސާބު ހުށަހެޅުން

 

 އީމެއިލް މެދުވެރިކޮށް

 [email protected]

 20 އޭޕްރީލް 2023

 މެންދުރު 12.00ގެ ކުރިން

 ބިޑް ހުޅުވުން

 މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

 20 އޭޕްރީލް 2023

 

 މެންދުރުފަހު  01:00ގައި

 

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރު

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

11 އޭޕްރިލް 2023