ދިވެހިރާއްޖެ
| މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯޓް އޮފިސަރ (ފޮޓޯގްރާފަރ) | |
|---|---|
| ބޭނުންވާ އަދަދު :1 | |
މަޤާމުގެ ކްލެސިފިކޭޝަން: އެޑްމިން ސަޕޯރޓް އޮފިސަރ މުސާރަ: - އަސާސީ މުސާރަ: -/4،465 ރުފިޔާ - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،200 ރުފިޔާ އިތުރު ޢިނާޔަތްތައް: - ނޮން-ޕްރެކްޓިސް އެލަވަންސް: -/1،562.75 ރުފިޔާ (އަސާސީ މުސާރައިގެ %35) - އިތުރު ގަޑީގެ ގޮތުގައި މަހަކު: -/2،679.00 ރުފިޔާ (އަސާސީ މުސާރައިގެ %60) - ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް: -/446.5 ރުފިޔާ (އަސާސީ މުސާރައިގެ ) - ކެއުމާއި ބޭސްފަރުވާ ކުރުން ޝަރުތު: - ޕޮޓޯގްރަފީ ނުވަތަ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ނުވަތަ ލެވެލް 06 ގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ މަސައްކަތުގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން، - އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން، - ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - މިޚިދުމަތުން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓްތަކާއި ޙަރަކާތްތަކާ އޮޕަރޭޝަންތައް އަދި ފުލުހުން ހާޒިރުވާ ޙަރަކާތްތައް ފޮޓޯނަގައި އެފަދަ ފޮޓޯ އެޑިޓްކޮށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން. އަދި އެފަދަ ފޮޓޯ ތައްޔާރުކޮށް އަޕްލޯޑް ކުރުން. - ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެލައްވާ އެކިއެކި އިވެންޓްތަކުގެ ފޮޓޯ ނަގައި އެޑިޓްކޮށް ހަމަޖެހިފައިވާ އުޞޫލުގެމަތިން ފޮޓޯ އަޕްލޯޑް ކުރުން. - މިޚިދުމަތުގެ އެކިއެކި ޑައިރެކްޓްރޭޓް / ކޮމާންޑް އަދި ޑިޕާރޓްމަންޓްތަކުން އިންތިޒާމުކުރާ ޙަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތުތައް އެ ޑިޕާޓްމަންޓަކުން އެދިއްޖެ ހިނދެއްގައި އެފަދަ އިވެންޓްތައް ފޮޓޯނަގައި އެޑިޓްކޮށް އަޕްލޯޑް ކުރުން. - މިޚިދުމަތުގެ ބޭނުމަށް ހިންގާ އިވެންޓްތަކުގެ ފޮޓޯ ހޯދުމަށް އެދޭ ފަރާތްތަކަށް، އެކަންކަން ކޮށްދިނުން. - މިޚިދުމަތުން މަސައްކަތްކުރުމަށް ހަވާލުކުރެވިފައިވާ އާލާތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެންގުޅެ ބެލެހެއްޓުން. އަދި އާލަތްތައް ގެންގުޅުމުގައި އިހުމާލުން ލިބޭ ގެއްލުމަށް ޒިންމާވުމާއި އަދި ވީއެންމެ އަވަހަކަށް އެކަން ހިނގާ ދިޔަގޮތް ސުޕަވައިޒުކުރާ ފަރާތައް އެންގުން. - މިޚިދުމަތުގެ ލަނޑުދަނޑިތަކާއި މަޤްޞަދުތައް ޙާޞިލް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޤާނޫނީ އިމުގެތެރެއިން ކުރުން. - ޑިއުޓީ ގަޑިއަށް އަދި ޑިއުޓީގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައިވެސް ރިޕޯޓްކުރަންޖެހޭ ފަރާތް ނުވަތަ ސީނިއަރ ބޭފުޅަކު ގުޅުއްވައިފިނަމަ އެކޯލަށް ޖަވާބުދިނުން، އަދި ގުޅުއްވިއިރު އެކޯލެއް ނުނެގިއްޖެނަމަ ފަހުން އެކޯލަށް ޖަވާބުދިނުން. - ދިވެހި ފުލުހުން ޚިދުމަތް ނުވަތަ ޑިޕާރޓްމަންޓުން ހިންގާ އެންމެހާ ސެމިނަރ ، ވޯރކްޝޮޕް ، ޓްރެއިނިންގ އަދި އެނޫންވެސް ޕްރޮގްރާމްތަކުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ބައިވެރިވުމަށް އަންގައިފިނަމަ އެފަދަ ކަންކަމުގައި ބައިވެރިވުން. - މަގުމަތީގައާއި އޮފީސްތެރޭގައި ހަރަކާތްތެރި ވާއިރު އެކުގައި މަސައްކަތްކުރާ މީހުންނާއި ގުޅިގެން މަސައްކަތްކުރުން. - ޑިޕާރޓްމަންޓުގެ ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްތައް އިސްލާމްދީނާއި، ޤާނޫނާއި ޤަވާއިދާ ޚިލާފު ނުވާގޮތުގެ މަތިން ފަރުވާތެރިކަމާއި، ޒިންމާދާރު ކަމާއިއެކު ކުރުން. އިތުރު މަޢުލޫމާތު: - މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން. - މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން. މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: - މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ / ޕޮލިސް މީޑިއާ ސެންޓަރ ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 އޭޕްރިލް 24 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްދިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 20 ރަމަޟާން 1444 |