ކުއްޔަށް ހިފުން
ނަންބަރު: ASND/GA/IUL/2023/17
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 19 އޭޕްރިލް 2023 11:30
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް އޮފީސް ޢިމާރާތެއް/ ޖާގައެއް ކުއްޔަށް ހިފުމަށް

ނަންބަރ: ASND/GA/IUL/2023/17


މި ކުންފުނީގެ ބޭނުމަށް 4000 އަކަފޫޓާއި 5000 އަކަފޫޓާ ދެމެދުގެ އޮފީސް ޢިމާރާތެއް/ ޖާގައެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެގެން 06 އޭޕްރިލް 2023 ގައި ކުރެވުނު އިޢުލާން ނަމްބަރު ASND/GA/IUL/2023/15 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. މީގެ އިތުރުން މި ކުންފުނީގެ ވެބްސައިޓުންވެސް ޑައުންލޯޑުކުރެވޭނެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 އޭޕްރިލް 2023 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ/ވެރިފަރާތުގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.  

 

19 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 11:30 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

 

11 އޭޕްރިލް 2023

 

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011418      

11 އޭޕްރިލް 2023