މަސައްކަތް
ނަންބަރު: (IUL)407-EC407/407/2023/13
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 18 އޭޕްރިލް 2023 10:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލީ ޤަބުރުސްތާނުގައިހުރި ހިނަވާގެ ތަޅައި، އަލުން ހިނަވާގެއެއް އިމާރާތްކުރުމާއި، މަސްޖިދުލް ތަޢުބާ މިސްކިތުގެ ދެކުނު ފަރާތުގައި ވަގުތީގޮތުން މީހުން ހިނެވުމަށް ތަނެއް ހެދުމާއިބެހޭ

މިއިދާރާއިން ފޯރުކޮށްދޭ ތަކެއްޗާއި އަމިއްލަ ތަކެތީގައި ގއ. ވިލިނގިލީ ޤަބުރުސްތާނުގައިހުރި ހިނަވާގެ ތަޅައި، އަލުން ހިނަވާގެއެއް އިމާރާތްކުރުމާއި، މަސްޖިދުލް ތަޢުބާ މިސްކިތުގެ ދެކުނު ފަރާތުގައި ވަގުތީގޮތުން މީހުން ހިނެވުމަށް ތަނެއްހަދާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް  ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 އެޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 27 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6822505 އެވެ.

11 އޭޕްރިލް 2023