ދިވެހިރާއްޖެ
ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައި ލައުންޑަރީ އަދި ގުދަން ހިމެނޭގޮތަށް އައު ޢިމާރާތެއްކުރުމާއި، މިހާރު ބަދިގެ އަދި ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން
ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގެ މިހާރުގެ މީޓިންގ ހޯލް އަދި ބަދިގެ ހިމެނޭ އިމާރާތުގެ ދެކުނު ފަރާތުގައިވާ ހުސް ޖާގައިގާ، 01 ލައުންޑަރީ، އަދި 02 ގުދަން ހިމެނޭގޮތަށް އައު އިމާރާތެއްކުރުމަށާއި، މިހާރުގެ ބަދިގެ އަދި ބަދިގެއާއި އިންވެގެން އުތުރުން ހެދިފައިވާ ގުދަން ބަޔަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
| 
 
  | 
 ތާރީޚް  | 
 ގަޑި  | 
 ތަން  | 
| 
 މައުލޫމާތު ސާފުކުރުން  | 
 17 އޭޕްރީލް 2023  | 
 11:00  | 
 ޒޫމް މެދުވެރިކޮށް، ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ  | 
| 
 އަގު ހުށަހެޅުން  | 
 24 އޭޕްރީލް 2023  | 
 11:00  | 
 ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ  | 
ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 17 އެޕްރީލް 2023ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
 
އިތުރު މަޢުލޫމާތު:
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،
ފޯން: +960-6700502، ވައިބަރ: +960-7949275، އީމެއިލް: [email protected]