ތަމްރީނު
ނަންބަރު: (IUL)475-Schol/475/2023/50
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 30 އޭޕްރިލް 2023 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
IsDB Scholarship Programmes for the Year 2023-2024

IsDB Scholarship Programmes for the Year 2023-2024

    

"އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)" ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ތިރީގައިވާ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުންވަނީ އަންގަވާފައެވެ. މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ، ސްޓައިޕެންޑް، މެޑިކަލް އިންޝުރެންސް، ތީސިސް އެލަވަންސް އަދި ދެކޮޅު ޓިކެޓް ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ. އޭގެއިތުރުން ހިނގާ ޚަރަދުތައް ހަމަޖައްސަންޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށެވެ.

 

* Master of Science Scholarship Program (M.Sc.)

* Merit Scholarship Program for High Technology for PhD and Postdoctoral Research (M.S.P)

                     

ވީމާ، މި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2023 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯސްތަކާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

www.isdb.org/scholarships

 

..............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

11 އޭޕްރިލް 2023