ތަމްރީނު
ނަންބަރު: (IUL)179/1/2023/21
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 20 އޭޕްރިލް 2023 23:59
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަސްޓޯޑިއަލް ސަރވިސަސް ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ދަޢުވަތު

މި އޮތޯރިޓީއާއި ސެކިއުރިޓީޒް އެކްސްޗޭންޖް ބޯޑު އޮފް އިންޑިއާ (ސެބީ) ގުޅިގެން ކުރިއަށްގެންދާ "ކަސްޓޯޑިއަލް ސަރވިސަސް ޓްރެއިނިންގ" ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

 ޕްރޮގްރާމް:

ކަސްޓޯޑިއަލް ސަރވިސަސް ޓްރެއިނިންގ

 ޖާގަ:

35  (ތިރީސް ފަހެއް)

 ފީ

-/2,500 (ދެ ހާސް ފަސްސަތޭކަ ރުފިޔާ) 

 ތާރީޚް

3 މެއި 2023 އިން 4 މެއި 2023 އަށް

 އެޕްލިކޭޝަން ސުންގަޑި:

20 އޭޕްރީލް 2023

 

ފައިނޭންސް އަދި ފައިނޭންސް އާގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ޙާސިލްކޮށްފައިވާ ފަރާތްތަކާއި ކަސްޓޯޑިއަލް ސަރވިސަސްގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ޕޭމަންޓް ސްލިޕް އެޓޭޗްކުރައްވާ އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ.   

މިކަމާގުޅޭ އިތުރު މަޢުލޫމާތު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv ންނާއި އަދި މިއޮތޯރިޓީގެ މޮބައިލް ނަންބަރު 7923151 ނުވަތަ 3014119 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

 

10 އޭޕްރިލް 2023