މަސައްކަތް
ނަންބަރު: HAAH-A(IUL)/2015/01
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 14 ޖަނަވަރީ 2015 13:00
ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ.ހޯރަފުށީ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ހއ. ހޯރަފުށީ ޞިއްޙީމަރުކަޒުގައި ކުރަންހުރި ބައެއްމަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިހޮސްޕިޓަލްގެ ނަންބަރު HAAH-A(IUL)/2014/42ފ(08 ޑިސެންްބަރު 2014) ގެ އިޢުލާނާ ގުޅިގެން، އެމަސައްކަތް ކުރުމަށްޓަކައި އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އިޢުލާންކުރީމެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު ( ރޯޝަނީ ބިލްޑިންގ ) އަށް ނުވަތަ ހއ. އަތޮޅު ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލަށް ނުވަތަ ހއ ހޯރަފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ޖަނަވަރީ 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހެލްތު ( ރޯޝަނީ ބިލްޑިންގ ) އަށް ނުވަތަ ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީއޮފީހަށް ނުވަތަ ހއ. ހޯރަފުށީ ޞިއްހީމަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

‏21‏ ރަބީޢުލްއައްވަލް‏ 1436

12 ޖަނަވަރީ 2015