ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406/INDIV/2023/26
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 18 އޭޕްރިލް 2023 11:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫރިސްޓް ރިސޯޓް ހެދުން ފިޔަވައި އިޤްތިޞާދީ އެކިއެކި މަސައްކަތް ކުރުމަށް ފަޅުރަށް ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާން

 

ޓޫރިސްޓް ރިސޯޓް ހެދުން ފިޔަވައި އިޤްތިޞާދީ އެކިއެކި މަސައްކަތް ކުރުމަށް ފަޅުރަށް ކުއްޔަށް ދޫކުރުމާއި ގުޅޭ

                         ގއ.ކޮލަމާފުށީ ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ފަޅުރަށްތައް ކުއްޔަށް ދިނުމާއި، ވަރުވާއަށް ދޫކުރުމާ ގުޅޭ 01/2022 ޤަވާއިދު 4 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޓޫރިސްޓް ރިސޯޓް ހެދުން ފިޔަވައި އިޤްތުޞާދީ އެކިއެކި މަސައްކަތްކުރުމަށް، މިރަށް ކައިރީގައިވާ  މާގިހުއްޓާ (3.13 ހެކްޓަރ) ނަމަކަށްކިޔާ ފަޅުރަށް ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

13 އެޕްރިލް 2023

ބުރާސްފަތި ދުވަހު 10.30

އަންދާސީ ހިސާބު ހުށަހެޅުން

18 އެޕްރިލް 2023

އަންގާރަ ދުވަހު 11.00

 

                          މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރޝިޕަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ޤާނޫނު ނަންބަރު 2010/7(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ޤާއިމުކުރެވޭ ސިޓީ ކައުންސިލަކަށް، ނުވަތަ އަތޮޅު ކައުންސިލަކަށް، ނުވަތަ ރަށު ކައުންސިލަކަށެވެ.

                           ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                           19 ރަމަޟާން 1444

                           10 އެޕްރީލް 2023

10 އޭޕްރިލް 2023