މަސައްކަތް
ނަންބަރު: (IUL)261/261//2023/13
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 18 އޭޕްރިލް 2023 09:30
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މަސްޖިދުލް ޙުސައިން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރައިން ކުރި ނަންބަރ:  (IUL)261/261/2023/12 (02 އޭޕްރީލް 2023) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގެންނެވީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 އޭޕްރީލް 2023 ވާ  ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިއިދާރާއަށްދުރުވެ ނުވަތަ މިއިދާރާގެ [email protected] އަށް މެއިލް ކުރައްވައިގެންވެސް ބިޑް ރަޖިސްޓްރީ ކުރެވޭނެއެވެ. ބިޑުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ  13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 09:30 ގައި ހިރިމަރަދޫ ކައުންސިލް އިދާރާގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 18 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 09:30 ގައި ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ. ޕްރީބިޑް މީޓިންގ އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެއްވެސް ފަރާތަކުން ބައިވެރިވެ ވަޑައި ގަންނަވާނަމަ/ ކުންފުނި/ އިންވެސްޓް މަންޓްގެ ރަސްމީ ލިޔުމަކާއި ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މިއިދާރާއަށް ހުށަހަޅަންވާނެއެވެ.   ބިޑް  ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.

09 އޭޕްރިލް 2023