ދިވެހިރާއްޖެ
ހައްދުންމަތީ އިސްދޫގައި ސްޓޭޖެއް ހެދުމުގެ މަސައްކަތް ކޮށްފައިވާ މިކައުންސިލްގެ ނަންބަރ (IUL)395/395/2023/23 (19 ފެބުރުއަރީ 2023) އިޢުލާންނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު، އެކަމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުވާތީއާއި، ބިޑާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ހައްދުންމަތީ އިސްދޫގައި ސްޓޭޖެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުން އެދެމެވެ.
1 . ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 މާރޗް 2023 ވާ އާދިއްތަ ދުވަހު 11:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.
2. މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 16 އޭޕްރީލް 2023 ވާ އާދިއްތަ ދުވަހު 11:30ގައި ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައެވެ.
3 . ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 19 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 11:30 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.