ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ކޮންފަރެންސް އައި.ސީ.އައި.އޭ ގެ ބައިވެރިން އަދި ވޮލަންޓިއަރުންގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއ ހޯދުމަށް ކުރެވުނު އިޢުލާންގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައިސްފައިވާތީ ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ކޮންފަރެންސް އައި.ސީ.އައި.އޭ ގެ ބައިވެރިން އަދި ވޮލަންޓިއަރުންގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއ ހޯދުމަށް ކުރެވުނު ނަންބަރު IUL)170-PR/170/2023/50) (30 މާރިޗު 2023) އިޢުލާންގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައިސްފައިވާތީ، މި ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ. އަދި އިސްލާހުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.
ބީލަން ހުޅުވުން.
މި އިޢުލާން އާއި ގުޅިގެން ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
ޕާފޯމަންސް ގެރެންޓީ
މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
12 އެޕްރިލް 2023 10:00ށް |
އަންދާސީ ހިސާބު ހުށަހެޅުން |
12 އެޕްރިލް 2023ގެ 11:00އަށް |
18 ރަމަޟާން 1444