ދިވެހިރާއްޖެ
(IUL)321-A/321/2023/96 :ނަންބަރު
އިޢުލާން
އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރިއަށްގެންދާ ބ.ތުޅާދޫ ހޮސްޕިޓަލް ޕްރޮޖެކްޓާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި ގެއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން
އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރިއަށް ގެންދާ ބ.ތުޅާދޫ ހޮސްޕިޓަލް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ތާވަލު ކުރެވިފައިވާތީ، މި ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރި، 03 ފާހާނާ، ސިޓިންގރޫމް، ބަދިގެ އަދި ކާތަން ހިމެނޭ ގޮތަށް، 03 މަސްދުވަހުގެ މުއްދަތަށް، ޕްރޮޖެކްޓްގެ ސަރަހައްދާއި ކައިރިން (އަލަށް އިމާރާތް ކުރެވެމުންދާ 100 ހައުސިންގ ޔުނިޓްގެ ހުޅަނގުން އޮތް މަގުގެ ހުޅަގުން، ލާމަރުކަޒީމަގުގެ ހުޅަގުން އޮތް ހުސްބިމާކައިރިން) ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމު ހުށަހެޅުއްވުން އެދެމެވެ.
އަގުބަލާ ފޯމުތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި: |
2023 އޭޕްރީލް 12 ވާ ބުދަ ދުވަހުގެ 10:00 ގައި |
އިތުރު މަޢުލޫމާތު:
- އަގުބަލާ ފޯމު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރިއަށްގެންދާ ބ.ތުޅާދޫ ހޮސްޕިޓަލް ޕްރޮޖެކްޓާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި ގެއެއް ކުޔަށްދިނުމަށް އެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 އޭޕްރީލް 12 ވާ ބުދަ ދުވަހުގެ 10:00ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
18 ރަމަޟާން 1444