ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2023/20 :ނަންބަރ
އިޢުލާން
2024 ވަނަ އަހަރު މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭނުންކުރާނެ "މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2024 އަދި ޕްރޮޑަކްޓް ޑައިރެކްޓަރީ 2024" ތައްޔާރުކުރުމަށް، ކޮންޓެންޓް ހެދުމާއި، ކޮންޕައިލް ކުރުމާއި އަދި ލޭއައުޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޭޕްރިލް 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 އޭޕްރިލް 26 ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
18 ރަމަޟޯން 1444