މުބާރާތް
ނަންބަރު: (IUL)309-AHI/309/2023/73
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 20 އޭޕްރިލް 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 2023 މޭ މަހަށް އަވަސް ވުމާއި ގުޅޭ (.)

އިޢުލާން

 

އިނގުރައިދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 2023 މޭ މަހަށް އަވަސް ވުމާއި ގުޅޭ (.)

 

ރައްޔިތުންގެ މެދުގައި މާތްވި އިސްލާމްދީނަށް ލޯބިޖައްސާ ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވާ އާލާ ކުރުމުގެ ރޫޙު އިތުރުކުރުމުގެ ގޮތުން އެކަމަށް ޝައިޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ގުރުއާން މުބާރާތް 2023 މޭ މަހަށް އަވަސް ކުރެވިފައިވާ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. މިގޮތައް ނިންމަން މިޖެހުނީ އަތޮޅު ކައުންސިލްގެ ގުރުއާން މުބާރާތް އަވަސްވުމާއި ގުޅިގެންނެވެ. 2023 ވަނައަހަރުގެ މޭ މަހުގެ 18 އިން 20 އަށް ހުރިހާ އުމުރު ފުރާއަކަށް ހުޅުވާލައިގެން ކައުންސިލުން ޤުރްއާން މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް  ދޫކުރުމާއި ބަލައިގަތުން އޮންނާނީ  10 އެޕްރީލް 2023 ވާ ހޯމަ ދުވަހުން ފެށިގެން 20 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:00 އަށެވެ. ފޯމް އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން މެއިލް ކުރާނީ[email protected]  އަށެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6580028 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދު މި މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

              

 

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 އޭޕްރިލް 2023