ދިވެހިރާއްޖެ
ނަންބަރު: HDC (161)-TGO/IU/2023/182
އިއުލާން
ކ.ތިލަފުށި ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމާގުޅޭ
ކ. ތިލަފުށީ 'މިނިސްޓްރީ އޮފް އެންވަޔަރމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ' ސައިޓްގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް އެސަރަހައްދުގެ ފަޅުތެރެ ހުސްކުރަން ބޭނުންވާތީ، އެސަރަހައްދުގައި ހުރި އުޅަނދުތަކުގެ ތެރެއިން އަޑިއަށް ގޮސްފައިވާ ދެ އުޅަނދެއް ((ވެރިފަރާތް ނޭނގެ) 37 ފޫޓް ލޯންޗާއި 65 ފޫޓް ދޯނި) އެސަރަހައްދުން ނެގުމަށް މި ކޯޕަރޭޝަނުން ބޭނުންވެއެވެ. މި ދެ އުޅަނދުގެ ފޮޓޯ އަދި އުޅަނދު އޮތް ސަރަހައްދުގެ ތަފްސީލު މި އިއުލާނުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.
ވީމާ މި އުޅަނދުތަކުގެ ވެރިފަރާތެއްވާނަމަ މިކުންފުނީގެ ކޯލްސެންޓަރ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށްފަހު މީލާދީ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނެންގެވުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގައި މި އުޅަނދުތައް ނަގާފައި ނުވާނަމަ އުސޫލު ނަންބަރު: 2023/G-7 "ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލް" ގެ ދަށުން މި ދެއުޅަނދާއި މެދު އަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
09 އޭޕްރިލް 2023