ނީލަން
ނަންބަރު: (IUL)GS45/2023/005
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 17 އޭޕްރިލް 2023 10:30
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ

މިސްކޫލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް މި ސްކޫލްގެ ނަންބަރު (IUL)GS45/2023/002 އިއުލާނުން ފުރަތަމަ ފަހަރަށް އިއުލާން ކުރުމުން، ނީލަން ކިޔަން ބޭނުންވާ ތަކެތީގެ ތެރެއިން ބައެއްތަކެތި އެއްވެސްފަރާތަކުން ނީލަމުން ނަންގަވާފައި ނުވާތީ މިތަކެތި ނީލަމުގައި ވިއްކާލުމަށް ދެވަނަފަހަރަށް އިއުލާން ކުރަމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2023 އެޕްރީލް 17 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް މިސްކޫލަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. މި ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 24 ގަޑިއިރުތެރޭ ތަކެތި ގެންގޮސް ބިން ސާފުކުރައްވަންވާނެއެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892546 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

09 އޭޕްރިލް 2023