ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-EDSS/247/2023/54
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:02
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމާގުޅޭ

އިޢުލާން

  1444 ވަނަ އަހަރު ރަމަޟާން މަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން ހޯރަފުށްޓަށް ލިބިފައިވަނީ 406 ޕެކެޓް ކަދުރެވެ.   އެންމެ ފުރަތަމަ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 1443 ވަނަ އަހަރު ހޯރަފުށީގައި ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 66 ގޭބިސީއަށެވެ. މި 66 ގޭބިސީއަށް ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދިނުމަށްފަހު ބާކީހުރި 340 ޕެކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ މިކަމަށް އެދޭ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން ކޮންމެ ގޭބިސީއަކަށް (ގެއަކަށް) 1 ޕެކެޓް ކަދުރު ދޭ އުޞޫލުންނެވެ.    

ވީމާ، ކަދުރު ޕެކެޓާއި ޙަވާލުވުމަށް ތިރީގައި ދަންނަވާފައިވާ ގަޑިތަކުގައި "ކައުންސިލް އިދާރާ" އަށް ވަޑައިގެން ކަދުރާ ޙަވާލުވުން އެދެމެވެ. ކަދުރު ބަލައި ވަޑައިގަންނަވާއިރު ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ.

ތާރީޚް

ގަޑި

10 އެޕްރީލް 2023 ، ހޯމަ

9:15 ން 12:15 އަށް (ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް)

11 އެޕްރީލް 2023 ، އަންގާރަ

9:15  ން 12:15 އަށް (ޢާންމު ރައްޔިތުންނަށް)

12 އެޕްރީލް 2023 ، ބުދަ

13 އެޕްރީލް 2023 ، ބުރާސްފަތި

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

               18 ރަމަޟާން 1444

               09 އެޕްރީލް 2023

09 އޭޕްރިލް 2023