ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2023-98
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 16 އޭޕްރިލް 2023 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ސެކެރެޓޭރިއެޓް އޮފިސަރ

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 1

އަސާސީ މުސާރަ:

މަހަކު -/5500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/2200 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު ނިންމާފައިވުން. ނުވަތަ،

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

- ހެޑްއޮފީހުގެ ފްރަންޓް އޮފީހުން ދެމުންގެންދާ ޚިދުމަތްތަކުގެ އެންމެހާ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުން.

- ކޯޕަރޭޝަނަށް ލިބޭ ސިޓީ، މެއިލް، ނޯޓް އަދި އެހެނިހެން ލިޔެކިއުންތައް އެންޓްރީ ކުރުން.

- ކޯޕަރޭޝަނަށް ލިބޭ ސިޓީ، މެއިލް، ނޯޓް އަދި އެހެނިހެން ލިޔެކިއުންތައް އެމްޑީސް ބިއުރޯގެ އިރުޝާދާއި އެއްގޮތަށް ޑިޕާޓް ތަކަށް ފޯރުކޮށްދިނުން.

- ކޯޕަރޭޝަނަށް ލިބޭ ސިޓީ، މެއިލް، ނޯޓް އަދި އެހެނިހެން ލިޔެކިއުންތަކުގެ އަސްލުތައް ފައިލްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، ކުންފުންޏަށް ލިބޭ ހުރިހާ ލިޔެކިއުންތައް ސްކޭންކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުން ޖަވާބުދާރީވާންޖެހޭ ލިޔެކިއުންތަކަށް ޑިޕާޓްމަންޓްތަކާއި ވާހަކަދައްކައިގެން ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބުދާރީވާކަން ކަށަވަރުކުރުން.

- ފޯނަށް ޖަވާބުދާރީ ވުން.

- ކޯޕަރޭޝަންގެ ޔުޓިލިޓީ ޚިދުމަތްތައް ބަރާބަރަށް ލިބެމުންދާކަން ކަށަވަރުކޮށް އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ދައްކަމުން ގެންދާކަން ކަށަވަރު ކުރުން.

- އޮފީހަށް ޙިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެޙިދުމަތް ފޯރުކޮށްދިނުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 16 އޭޕްރިލް 2023 ވާ އާދިީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް/މޭއި މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                   18 ރަމަޟާން 1444 

09 އޭޕްރިލް 2023