ނީލަން
ނަންބަރު: 145-P/2023/28
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:49
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން

މިކޯޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުމަށް

 

 

މި ކޯޓުގެ ނަންބަރު 145-P/2023/26 އިޢުލާނުގައިވާ ގޮތުގެމަތިން، 2023 އޭޕްރީލް 06 ވަނަ ދުވަހު ކިޔާފައިވާ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން ފަންހިޔާގެ ގްރައުންޑް ފްލޯރގައި 2023 އޭޕްރީލް 17 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި އިމާރާތަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

 ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv   މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

 

ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18  ރަމަޟާން   1444

09   އޭޕްރީލް    2023

09 އޭޕްރިލް 2023