ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415-HR/415/2023/53
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 18 އޭޕްރިލް 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓް (އޭސީ ޓެކްނީޝަންއަށް އެހީތެރިވުމަށް)

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓް  (އޭސީ ޓެކްނީޝަންއަށް އެހީތެރިވުމަށް)

ބޭނުންވާ ޢަދަދު:  01

މަޤާމުގެ ބާވަތް:

ވޭޖް އެމްޕްލޯއިމެންޓް (މި މަޤާމަކީ ވޭޖް އެމްޕްލޯއިމެންޓް  އުޞޫލުން 06 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. 6 މަސްދުވަހަށްފަހު މަސައްކަތަށް ރަނގަޅު ނަމަ، ކޮންޓްރެކްޓް އައުކޮށްދެވޭނެއެވެ.

އުޖޫރަ:  

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 258/- (ދުވިސައްތަ ފަންސާސްއަށް) ރުފިޔާ.

ފެންވަރު ނުވަތަ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު އުސްތަންތަނުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

ޢުމުރުން 55 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. އަމިއްލަ އިސްނެގުމާއެކު މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއެކު، ޤަބުރުސްތާނާއި ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.
  3. އުސްތަންތަނުގައި އަވީގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

  ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

 ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

 ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

 އިދާރާ އިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތު ގައި ބައިވެރި ވުން.

އިދާރާގެ އެއަރ ކަންޑިޝަން މަރާމާތު ކުރުމުގައި އޭސީ ޓެކްނީޝަން އެހީތެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

4-    ޕޮލިސް ރިޕޯރޓް

ސުންގަޑި:

18 އޭޕްރިލް 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

05 އޭޕްރިލް 2023