ދިވެހިރާއްޖެ
ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ބިން ވިއްކުމާ ގުޅޭ:
ހުޅުމާލެ އިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ޖުމްލަ 15 (ފަނަރަ) ބިމެއް 'ބިޑް ޕޯރޓަލް' މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބާވަތް |
ބީޗްފްރަންޓް |
ބީޗްސައިޑް |
ޖުމްލަ |
5 |
10 |
ބޮޑުމިން (އަކަފޫޓުން) |
1،270.15 – 1،803.28 |
1،644.83 – 2،338.67 |
ބީލަން ހުށަހަޅުމުގެ ޝަރުޠުތައް:
1.1. މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ،
1.2. ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100% ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވުން
ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ މަރުހަލާތައް:
- މަރުހަލާ 1: ޝައުގުވެރިވެލަށްވާ ބިމަށް އެކްސްޕްރެޝަން އޮޕް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުން
- މަރުހަލާ 2: އީ.އޯ.އައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރުން
ޝައުގުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް https://bids.urbanco.mv/ މެދުވެރިކޮށެވެ. އެހެންކަމުން، ބިން ގަތުމަށް އެދޭ ފަރާތްތަކުން، މި ޕޯރޓަލްގައި ރަޖިސްޓްރީކޮށް މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އަރބަންކޯގެ ހޮޓްލައިން 1516 އަށް ގުޅުއްވުން އެދެމެވެ.
15 ރަމަޟާން 1444ހ
06 އޭޕްރިލް 2023މ