ދިވެހިރާއްޖެ
1444 ވަނަ އަހަރު ރަމަޟާން މަހު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ ކަދުރުގެ ތެރެއިން ކުޅުދުއްފުށި ސިޓީ އަށް ލިބިފައިވަނީ 1130 ޕެކެޓް ކަދުރެވެ. އެންމެ ފުރަތަމަ ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 1443 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައި ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ 76 ގޭބިސީއަށެވެ. މި 76 ގޭބިސީއަށް ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދިނުމަށްފަހު ބާކީހުރި 1054 ޕެކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ މިކަމަށް އެދޭ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން ކޮންމެ ގޭބިސީއަކަށް (ގެއަކަށް) 1 ޕެކެޓް ކަދުރު ދޭ އުޞޫލުންނެވެ.
ވީމާ، ކަދުރު ޕެކެޓާއި ޙަވާލުވުމަށް ތިރީގައި ދަންނަވާފައިވާ ގަޑިތަކުގައި "އުސްގެ" އަށް ވަޑައިގެން ކަދުރާ ޙަވާލުވުން އެދެމެވެ. ކަދުރު ބަލައި ވަޑައިގަންނަވާއިރު ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ.
ތާރީޚް |
ގަޑި |
08 އެޕްރީލް 2023 ، ހޮނިހިރު |
13:00 ން 14:30 އަށް (ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް) |
09 އެޕްރީލް 2023 ، އާދީއްތަ |
13:00 ން 14:30 އަށް (ޢާންމު ރައްޔިތުންނަށް) |
10 އެޕްރީލް 2023 ، ހޯމަ |
|
11 އެޕްރީލް 2023 ، އަންގާރަ |