ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-AHRI/225/2023/8
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 27 އޭޕްރިލް 2023 13:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު އެވޯޑް 2023

       އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމްޢިއްޔާއެއް ފާހަގަކޮށް، އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ތިލައުތުރު އެވޯޑްގެ ނަމުގައި ހއ.އަތޮޅު ކައުންސިލުން ޚާއްޞަ އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން މި ހިނގާ 2023 ވަނަ އަހަރު ތިލައުތުރު އެވޯޑް ދިނުމުގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 21 މެއި 2023 ވާ އާދީއްތަ ދުވަހުގެ ރޭ 09:00 ގައި ހއ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

       މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހއ.އަތޮޅުގެ ޢާންމު ފަރާތްތަކަށާއި، ހއ.އަތޮޅުގެ ހުރިހާ ސްކޫލް، މަދަރުސާތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

      ވީމާ، މި އިނާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން 2023 އެޕްރީލް 6 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 އެޕްރީލް 27 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ. މި އިނާމާބެހޭ އިތުރު ތަފްޞީލްތައް މިކަމާބެހޭ އުޞޫލުން ސާފުވެވަޑައިގަންނަވާނެ ވާހަކަ ވެސް ދެންނެވީމެވެ.

 އަދި ތިލައުތުރު އެވޯޑް ދިނުމުގެ އުޞޫލާއި އެވޯޑް އިވެލުއޭޝަން ފޯމާއި އަދި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި އިދާރާއިންނާއި، މި އަތޮޅުގެ ރަށުކައުންސިލްތަކުންނާއި، މި އިދާރާގެ ވެބްސައިޓް www.halifatoll.gov.mv ންނާއި، ދިވެހިސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.

ތިލައުތުރު އެވޯޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ 6500002، 6500118 މި ނަމްބަރު ފޯނާއެވެ.

"ތިލައުތުރު އެވޯޑް 2023" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • ތިލައުތުރު ޝަރަފްވެރިކަމުގެ އެވޯޑް
  • ތިލައުތުރު ހިތްވަރުދިނުމުގެ އެވޯޑް
  • ތިލައުތުރު ޚާއްޞަ އެވޯޑް
  • ތިލައުތުރު މަތީދަރަޖަ އެވޯޑް
  • ތިލައުތުރު ޚާއްޞަ ޚިދްމަތުގެ އެވޯޑް
  • ތިލައުތުރު ހިންގުންތެރިކަމުގެ އެވޯޑް

 

      15 ރަމަޟާން 1444

      06 އެޕްރީލް  2023

06 އޭޕްރިލް 2023