މަސައްކަތް
ނަންބަރު: 137-IU/PR/2023/29
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 17 އޭޕްރިލް 2023 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ މެޑިކަލް އެއަރ ޕްލާންޓް ބަދަލުކުރުން

އައި.ޖީ.އެމް ހޮސްޕިޓަލުގެ މެޑިކަލް އެއަރ ޕްލާންޓް، ދީފައިވާ މައުލޫމާތާއި އެއްގޮތަށް އައު ޕްލާންޓަކަށް ބަދަލުކުރަން ބޭނުންވެއެވެ.

ވީމާ މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. މި ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ.
  2. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި  ފޯނު ނަމްބަރު އެގޭނެހެން 06 އެޕްރީލް 2023 ން  12 އެޕްރީލް 2023 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
  3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް 09 އެޕްރީލް 2023 ގެ 13:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12އެޕްރީލް 2023 ގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.
  5. މިބިޑާއި ގުޅޭ ޕްރީ ބިޑް މީޓީންގ  12މާރިޗު2023ގެ 11 :00 ގައި، މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައި އޮންނާނެއެވެ.
  6. މިޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެގޮތުގައި 40,000ރ (ސާޅީސް ހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ.ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިފެން 90 ދުވަހެވެ.
  7. ބީލަން ހުޅުވުން އޮންނާނީ 17 އެޕްރީލް 2023 ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  8. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

15 ރަމަޟާން 1444

06 އެޕްރީލް 2023

06 އޭޕްރިލް 2023