މަޤާމް
|
ސީނިއަރ އިންޖިނިއަރިންގ ޓެކްނީޝަން (ރިގަރ)
|
މަޤާމުގެ ރޭންކް
|
ޓީޕީ 4
|
ބޭނުންވާ ޢަދަދު:
|
02
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް:
|
ބްރޯޑްކާސްޓް ޓެކްނޮލޮޖީ
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު
|
އަސާސީ މުސާރަ
|
-/7,500 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3000, ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- · ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- · އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- · ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- · ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- · މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ،
- ޑިޕޮލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަޤާމާގުޅޭ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް މީހަކު ހޮވުމުގައި އިލެކްޓްރޯނިކް ނުވަތަ އިލެކްޓްރިކް ރިޕެއަރ ކުރުމުގެ ދާއިރާއިން ޝައުޤު ހުންނަ މިންވަރަށާއި، އުސް ޓަވަރުތަކަށް އެރޭފަދަ ސިއްހަތެއްގައި ހުރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ރަށްރަށަށް ގޮސް މަސަތްކަތުގައި ހީވާގިކަމާއެކު އުޅެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މާލެއާއި ތިލަފުށީގައި ބެހެއްޓިފައި ހުރި ޓްރާންސްމީޓަރ ތަކާއި އެއާގުޅުން ހުރި ހުރިހާ އިކްވިޕްމަންޓްސްތަކުގައި މައްސަލައެއް ދިމާވޭތޯ ބަލާ މޮނިޓަރކުރުމާއި، އެތަކެތީގެ ޑެއިލީ ލޮގު ނެގުމަށް އެހީތެރިކަން ފޯރުކޮށް ދިނުން. އަދި މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސްޕަވައިޒަރަށާއި ޓެކްނިކަލް ފަރާތްތަކަށް އަންގާ ވީއެންމެ އަވަހަކަށް ހައްލުކުރުން؛
- ޓްރާންސްމީޓަރ، އެންޓަނާ ސިސްޓަމްތަކާއި އެއާގުޅުން ހުރި ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުމައްޓަކާ އުސްޓަވަރުތަކަށް އަރައިގެން މަސަތްކަތް ކުރުން؛
- ޓްރާންސްމީޓަރ ސްޓޭޝަތަކުގައި ބޭނުންކުރާ އިކުވިޕްމަންޓްސްތަކުގެ ތެރެއިން ރޫޓިންގ މެއިންޓަނެންސް އަދި ސާވިސް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ދެނެގަނެ އަހަރުތެރެއަށް ޝެޑިއުލްކޮށް ޤަވާއިދުން ބެލެހެއްޓުން.
- އަތޮޅުތަކުގައި ޤާއިމް ކުރެވިފައިވާ މީޑިއާ ސެންޓަރތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައި ހުރި އިކުވިޕްމަންޓްތަކާއި، އެންޓަނާ ސިސްޓަމްތަކާއި، އަދި އެއަރ ކޮންޑިޝަންތައް އެރަށްރަށަށް ގުޅައިގެން މޮނިޓަރކޮށް ބެލެހެއްޓުމާއި، އެތަކެތި ހަލާކުވެއްޖެނަމަ ސްޕަވައިޒަރގެ ލަފާގެމަތިން ހައްލުކުރުން؛
- އިކުވިޕްމަންޓްސްތައް މަރާމާތުކުރުމަށް މާލެ ގެންނަން ޖެހިއްޖެނަމަ އެކަންކަން ރާއްވާ އިންތިޒާމްކުރުމާއި ނިމިގެން އަބުރާ ގެންގޮސް އިންސްޓޯލް ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން؛
- ކުންފުނީގައި ބޭނުންކުރަމުންގެންދާ ޑިޝްއެންޓަނާ ބެހެއްޓުމާއި، ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ ސްޓޫޑިއޯ އަދި ޓްރާންސްމީޓަރ ލިންކުތައް އިންސްޓޯލްކުރުމާއި ސިންކުރޮނައިޒްކުރުމާއި، އެތަކެތި މެއިންޓަނަސްކޮށް ބެލެހެއްޓުން.
- ކުންފުނިން ބޭރުން މަސަތްކަތެއް ކުރަންޖެހިއްޖެނަމަ އެކަމަކަށް ބޭނުންވާ ތަކެތި ދުރާލާ ރާވާ ލިސްޓުކޮށް، ހަމަކޮށްގެން ގެންދިޔުން؛
- ރިޕެއަރ ޔުނިޓްގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮއްދިނުމާއި، ވޯކްޝޮޕްގެ އިންވެގެން ހުންނަ އެއްވެސް ތަނަކަށް އުނދަގޫ ނުވާނޭހެން މަރާމާތަށް ގެނެވޭ ތަކެތި ވޯކްޝޮޕާއި ގުދަންތެރޭގައި ތަރުތީބުކަމާއެކު ބެހެއްޓުން؛
- ރެފެއަރ ޔުނިޓްގައި ބޭނުންކުރަމުންދާ ހުރިހާ ޓޫލްސްތަކާއި، ޓެސްޓް އިކުވިޕްމަޓްތަކުގެ އިންވެންޓްރީ ބެލެހެއްޓުން؛
- ރިޕެއަރ ކުރުމަށްޓަކައި ވޯކްޝޮޕަށް ގެނެވޭ ތަކެއްޗާ ހަވާލުވެ، ލަސްނުކޮށް މަރާމަތުކުރުމަށްފަހު އަނބުރާ ހަވާލުކުރުމާއި އެކަންކަމުގެ ރެކޯޑް ބެލެހެއްޓުން؛
- ކުރާ މަސަތްކަތްތަކުގެ ލޮގް ދުވަހުން ދުވަހަށް ޤަވާއިދުން ނަގާ، ސްޕަވައިޒަރަކަށް ރިޕޯޓްކުރުން؛
- ކުންފުނިން ކުރާ މަސައްކަތުގައި އެންމެޒަމާނީ، އެންމެ ޚަރަދު ކުޑަކޮށް އަދި ކުންފުންޏަށް އެންމެ ފައިދާހުރި ގޮތަށް ވިސްނާ، މަސައްކަތްކުރުން؛
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް ކުރިއެރުމަށްޓަކާއި ކުރެވޭ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން. އެގޮތުން ކޯސް، ސެމިނާ، ވޯކްޝޮޕް އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުން. އަދި ޔުނިޓްގެ ފަރާތުން ބާއްވާ މީޓިންތަކުގައި ބައިވެރިވުން؛
- ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށްޓަކާ އެހެން ޑިޕާޓްމަންޓްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން؛
- ކުންފުނީގެ ސިއްރުތައް ހިފެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މަސައްކަތްކުރުމާއި، މަސްލަޙަތު ހިފެހެއްޓުމަށް މަސައްކަތްކުރުން؛
- މުޢާމަލާތް ކުރުމުގައި ރީތި ސިފަތަކާއި އަދަބު އިޚްތިރާމާއެކު މުއާމަލާތްކުރުމަށާއި ރިވެތި އަހްލާގު އިސްކުރުމަށާއި ކުންފުނީގެ އެންމެހާ ސިޔާސަތުތަކަށް ހުރުމަތްތެރިކޮށް ހިތުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 20 އެޕްރީލް 2022 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368 ، 3000364 , 3000207 , އާއި ގުޅުއްވުން އެދެމެވެ.
|