ދިވެހިރާއްޖެ
މ.ވޭވަށު ޞިއްޙީމަރުކަޒުން ޙަވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން މ.މުލަކަށް ދަތުރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
އިޢުލާން
މ.ވޭވަށު ޞިއްޙީމަރުކަޒުން ޙަވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން މ.މުލަކަށް ސަރުކާރު ބަންދު ދުވަސްތަށް ފިޔަވައި ކޮންމެ ދުވަހަކު އެއްފަހަރު (ސަރުކާރު ބަންދު ދުހުވަސްތަކުގައި މަރުކަޒުން އެދިއްޖެނަމަ) 1 އަހަރު ދުވަހުގެ މުއްދަތަށް ދަތުރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
1- މ.ވޭވަށު ޞިއްޙީމަރުކަޒުން މ.މުލަކު ޞިއްޙީމަރުކަޒަށް ސާންޕަލްތައް ގެންދިއުމާއި އަނބުރާގެނައުން.
2- މަރުކަޒުން ނަގާ ސާންޕަލްތައް ޙަވާލުކުރާތާ 1 ގަޑިއިރުތެރޭގައި ކަނޑައަޅާ ރަށަކަށް ރައްކާތެރިކަމާއެކު ގެންދިއުމަށް ފަހު
އަނބުރާ ހުސް ކެރިއަރ އެމަރުކަޒަކަށް ޙަވާލުކޮށްދިނުން.
3- އުޅަނދަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތަށް ސާންޕަލް ކެރިއަރ ރައްކާތެރިކަމާއެކު ކަނޑައަޅާ މަރުކަޒަކަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ބިޑް ކާމިޔާބު ކުރާ ފަރާތުގެ ޒިންމާއެއް.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 17 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް މ.ވޭވަށު ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 19 އޭޕްރިލް 2023 ވާ ބުދަ ދުވަހުގެ 11:00 އަށް މ.ވޭވަށު ޞިއްޙީމަރުކަޒަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.