ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/2023/15
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 13 އޭޕްރިލް 2023 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ

2023 ވަނަ އަހަރުގެ މެއި 01 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް، ދ.ހުޅުދެލީ އިޖްތިމާއީ ސަރަހައްދު ސާފުކުރުމަށް ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

އެގޮތުން ކަނޑައެޅިފައިވާ ގަޑިތަކުގައި ނަންނޯޓްކުރުމަށް ޙާޟީރުވާންވާނީ އައިޑީކާޑް ހިފައިގެން ވެރިފަރާތުންނެވެ. ބަދަލުގައި ނަންނޯޓުކުރުމަށް ހާޟިރުވާންވާނީ ވެރިފަރާތުގެ އައި.ޑީ ކާޑުގެ އަސްލު ނުވަތަ ކޮޕީއެއް ހިފައިގެން އަދި ބަދަލުގައި ނަންނޯޓުކުރުމަށް އަންނަ ފަރާތުގެ އައި.ޑީ.ކާޑާއި ޕަވަރ އޮފް އެޓާރނީ ހިއްޕަވައިގެންނެވެ.

ނަންނޯޓް ކުރުން: ކޮންމެ ރަސްމީ ދުވަހެއްގެވެސް ހެނދުނު 9:30 އިން 12:00 އަށް.

ނަންނޯޓް ކުރުމުގެ އެންމެ ފަހުތާރީޚް: 13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް.

އިއުލާނާއެކު މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހާއި ގުޅޭގޮތުން  އިތުރަށް ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6760049 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނަންނޯޓްކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު ނަންނޯޓުކުރުމާއި ބައިވެރިވުމުގެ ފުރުސަތު މިއަހަރަށް ބަންދުވީ ކަމުގައި ދަންނަވަމެވެ.

ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

05 އޭޕްރިލް 2023