ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)KRH/PLD/2023/49
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި:
16 އޭޕްރިލް 2023 12:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް 1 (އެކެއް) އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން.
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް 1 (އެކެއް) އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ. ގެޒެޓު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއެކު އެޓޭޗްކުރެވިފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައި އެވަނީ މި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްގެ ތަފްޞީލެވެ.
ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވައިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދީ އެއްބާރުލުން ދިނުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 05 އެޕްރީލް 2023 ވާ ބުދަ ދުވަހުން ފެށިގެން 16 އެޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް [email protected] އަށް އީ-މެއިލް ކުރުމަށް ދަންނަވަމެވެ.
- އަދި އީ-މެއިލް ފޮނުވާއިރު ސަބްޖެކްޓުގައި އިޢުލާނު ނަންބަރު ރިފަރެންސް އަކަށް ޖެހުމަށް ވެސް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް އިޢުލާނުގެ އެނެކްސް - 2 ގައި ވާ "ބިޑް ފޯމު" ފުރިހަމަކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާ ނަމަ 05 އެޕްރީލް 2023 ވާ ބުދަ ދުވަހުން ފެށިގެން 17 އެޕްރީލް 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދެންނެވިފައިވާ އީ-މެއިލް އަށް ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު ފޮނުއްވުން އެދެމެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- މި ބީލަމަށް ރަޖިސްޓަރ ކުރަން ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 26 އެޕްރީލް 2023 (ބުދަ ދުވަސް)
- ގަޑި: 11:00 ގައި
05 އޭޕްރިލް 2023