ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2023/049
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:12
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ވޯކިން ގްރޫޕުގެ މަސައްކަތް ފެށުން.

އިޖުތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތައްކަމުގައިވާ ކުޑަފަރީ ކައުންސިލް، ކުޑަފަރީ ސްކޫލު، ކުޑަފަރީ ޕޮލިސް ޕޯސްޓު، ކުޑަފަރީ ހެލްތު ސެންޓަރ އަދި އ.ތ.މ ކޮމިޓީން ކޮންމެ އިދާރާއަކުން މެންބަރަކާއެކެ، "އިޖްތިމާއީ ބަދަހި މަދަދުވެރިން" (އިބަމަ) ގެ ނަމުގައި ވޯކިން ގްރޫޕެއް އެކުލަވާލެވި މަސައްކަތް ވަނީ ފެށިފައެވެ. މަސައްކަތް ފެށުގެ ގޮތުން ގްރޫޕްގައި މަޝްވަރާކުރެވޭ ކަންކަމުގެ މައުލޫމާތު ރަސްމީ މަސައްކަތުގެ ބޭނުމަށްފިޔަވައި ބޭނުންނުކުރުމަށާއި މައުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ކޮމިޓީގެ މެންބަރުންވަނީ ސޮއިކުރައްވާފައެވެ.

ވީމާ، މިރަށުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރުދުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް ރަށުފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި މި ގްރޫޕްގެ މެންބަރުން ހަރަކާތްތެރިވަމުންދާނެއެވެ.

ވީމާ، މި ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމަށްތައްޓަކައި އަންގައި އިއުލާންކުރީމެވެ.

ކޮމިޓީގެ މެންބަރުން:

#

ނަމާއި މަޤާމް

އިދާރާ

1

ކައުންސިލްގެ ނައިބް ރައީސާ ހުމާމް އަބްދުއްރަޙީމް

ކުޑަފަރީ ކައުންސިލް އިދާރާ

2

ސެކްރެޓަރީ ޖެނެރަލް އަޙްމަދު މަޙްފޫޟް

ކުޑަފަރީ ކައުންސިލް އިދާރާ

3

ސީނިއަރ ކައުންސިލް އޮފިސަރ މަރްޔަމް ހާޠޫން

ކުޑަފަރީ ކައުންސިލް އިދާރާ

4

އ.ތ.މ ކޮމިޓީގެ މެންބަރު ފާޠިމަތު ޒަހުރާ

އ.ތ.މ ކޮމިޓީ

5

ކުޑަފަރީ ޕޮލިސް ޕޯސްޓް އިންޗާޖު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ބުންޔާމީން ޢަބްދުﷲ

ކުޑަފަރީ ޕޮލިސް ޕޯސްޓު

6

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ނުއުމާން ޔޫސުފް

ކުޑަފަރީ ހެލްތު ސެންޓަރ

7

ސްކޫލު ލީޑިން ޓީޗަރ ޢަބްދުﷲ ޝަރީފް

ކުޑަފަރީ ސްކޫލު

8

ސެން ޓީޗަރ މީސަމް އިޙްސާން

ކުޑަފަރީ ސްކޫލު

05 އޭޕްރިލް 2023