މަސައްކަތް
ނަންބަރު: (IUL)308/2023/17
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 27 އޭޕްރިލް 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު: PC/308/2023/03

މިއިޢުލާނާއިއެކު އެއްފަތްކޮށްފައިވާ މަޢުލޫމާތުތަކާއި ކުރެހުންތަކާއި އެއްގޮތަށް މިރަށު ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތުގެ ބީ.އޯ.ކިއު ފުރިހަމަ ކުރައްވާ ތިރީގައިވާ ތާރީޚަށް ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީކުރުން

2023 އޭޕްރިލް 26 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ރ. މަޑުއްވަރީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ޢިމާރާތްކުރުމުގެ މަސައްކަތަށް ބިޑް ރަޖިސްޓްރީކުރާ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 އޭޕްރިލް 26 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2023 އޭޕްރިލް 27 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާއިރު ތިރީގައިވާ މަޢުލޫމާތު، ލިޔުމެއް އަދި ލިތުންތަކެއް މަދުވެ ނުވަތަ ފުރިހަމަނުވާނަމަ އަންދާސީ ހިސާބު ބާތިލްކުރެވޭނެއެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމަށް ފަހުވެސް ތިރީގައި މިދަންނަވާ ތަކެތި ނެތްނަމަ އެފަދަ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބާތިލްކުރެވޭނެއެވެ.

ހ. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ ނެތުން.

ށ. އަންދާސީހިސާބު ފުރިހަމަވެފައި ނެތުން / އަންދާސީހިސަބުގައި ސޮއިކޮށްފައިވާ ނެތުން / އަންދާސީހިސަބުގައި ސިއްކަ ޖަހާފައިނެތުން.

ނ. މީރާއިން ދީފައިވާ ޓެކްސް ކްލިއަރެންސް ރިޕޯޓް ހުށަހަޅާފައި ނެތުން. (އެންމެ ފަހު ކުއާޓާގެ)

ރ. ޓެކްސް ކްލިއަރަންސް މީރާގެ ސައިޓުން ވެރިފައި ނުކުރެވުން.

ބ. ބީ.އޯ.ކިއު ފުރިހަމަކޮށްފައި ނެތުން. (ކަލްކިއުލޭޝަން ދިމާނުވުން، ސޮއި/ސިއްކަ ނެތުން)

ޅ. އަންދާސީ ހިސާބު އެއްކަރުދާސް ކުރެވިފައި ނެތުން. (ސްޓޭޕަލް ނުވަތަ ބައިންޑް ކޮށްފައި ނެތުން)

ކ. ބިޑް ސެކިއުރިޓީ ހުށަހަޅާފައި ނެތުން.

އަގު ހުށަހަޅަންވީ ގޮތް:

-  އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

-  އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

-  ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ރ. މަޑުއްވަރީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ ޢިމާރާތްކުރުން"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                             ރ. މަޑުއްވަރި، ދިވެހިރާއްޖެ

  • ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- ކުންފުނީގެ ޕްރޮފައިލް

- ތަޖުރިބާގެ ލިޔުންތައް

- ފުރިހަމަކޮށްފައިވާ ބީ.އޯ.ކިއު

  • މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

-  އަގު %85

-  މުއްދަތު

-  ތަޖުރިބާ %5 (މިބައިގައި ބަލާނީ ވޭތުވެ ދިޔަ 5 އަހަރު ވިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.)

  1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  3. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
  4. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

05 އޭޕްރިލް 2023