ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)249-A/249/2023/23
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 13 އޭޕްރިލް 2023 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ނެގުމާއިގުޅޭ

އިޢުލާން

 

އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ނެގުމާއިގުޅޭ

 

ހއ. ކެލާ އިޖްތިމާޢީ ސަރަހައްދުތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓާނެ މީހުން ބޭނުންވެއްޖެއެވެ.                                                      

މުއްދަތު:       01 އަހަރު

މަސައްކަތުގެ ގަޑި: 1 ގަޑިއިރާއި 30 މިނިޓް ( ދުވާލަކު )

 

ޝަރުތު:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

- އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން

 

 

މަސްޢޫލިއްޔަތުތަކާއި އެހެނިހެން ކަންތައް:

- ކެލާ ކައުންސިލުން އިޖްތިމާޢީ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅަފާއިވާ ސަރަހައްދުތަކާއި މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް.

- އިޖްތިމާޢީ ސަރަހައްދުގެ ގަސްތައް ކައުންސިލްގެ ބެލުމުގެ ދަށުން ކޮށާ ސާފުކުރުމުގެ މަސައްކަތް.

- އިޖްތިމާޢީ ސަރަޙައްދު ތަކުން ނަގާ ކުނިބުނިތައް އުކާލަންވާނީ، ކެލާގައި ކުނި މެނޭޖްކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް.

 

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ފޯމު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

05 އޭޕްރިލް 2023