މަސައްކަތް
ނަންބަރު: O6C-A/2023/8
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 13 އޭޕްރިލް 2023 00:00
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ މައްސަލަޖެހިފައިހުރި އޭސީތައް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ މައްސަލަޖެހިފައިހުރި އޭސީތައް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޓުގައި ހަރުކޮށްފައިހުރި ޖުމްލަ 4 އެއާރކޮންޑިޝަން ޔުނިޓް މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އޭޕްރިލް 2023 ވަނަ ދުވަހު 10:00 ގައި މި ކޯޓަށް ޙާޟީރުވެ ބަންދުކުރެވިފައިވާ ސިޓީއުރަރެއްގައި އަންސާދީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 12 އޭޕްރިލް 2023 ވަނަ ދުވަހު 10:00ގައި މި ކޯޓުގެ ޖަލްސާކުރާ މާލަމުގައެވެ. ސިޓީ އުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އިއުލާނު ނަމްބަރު ލިޔެވައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކޯޓުގެ ފޯނުނަމްބަރު 6800623 އަށް ގުޅުއްވައިގެން ނުވަތަ މި ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެވޭނެކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1-  އަމިއްލަ ފަރާތްތަކުން ހުށަހަޅާނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

2- ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ 

04 އޭޕްރިލް 2023