ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-PED/420/2023/21
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 09:50
ސުންގަޑި: 11 އޭޕްރިލް 2023 10:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ބީޗްރޯޑުގެ އަތިރި މަތިން ރަތަފަންދޫ އިތުބާރު މަގާއި ރޯޝަނީ މަގާއި ދެމެދު އަތިރިމަތީގައި ހުރި ރުއްތައް އަދި ފަސްގަޑު ގައި ހުރި ރުއްތައް ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

ރަތަފަންދޫ  ބީޗްރޯޑުގެ  އަތިރި މަތިން ރަތަފަންދޫ އިތުބާރު މަގާއި  ރޯޝަނީ މަގާއި ދެމެދު އަތިރިމަތީގައި ހުރި ރުއްތައް އަދި ފަސްގަޑު ގައި ހުރި ރުއްތައް  ކުއްޔަށް ދޫކުރުމާބެހޭ

 ރަތަފަންދޫ މެރިންރޯޑުގެ އަތިރިމަތިން ރަތަފަންދޫ ރޯޝަނީމާގާއި އިތުބާރު މަގާއި ދެމެދު ނަމްބަރ 1 އިން 21 އަށް ނަމްބަރ ޖަހާފައިވާ 21 ރުކާއި ފަސްގަޑުގައި ނަމްބަރ 1 އިން 22 އަށް ނަމްބަރ ޖަހާފައިވާ 22 ރުކާ އެކު ޖުމްލަ 43 ރުއް އެކެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ވީމާ ، މިރުއްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން  11 އެޕްރީލް 2023 ވާ އަންގާރަ ދުވަހުގެ   ހެނދުނު 10:00 އަށް އަންދާސީ ހިސާބު ރަތަފަންދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދި، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. އަންދާސީ ހިސާބުގައި ކޮންމެ މީލާދީ މަހަކަށް ރުކަކަށް ދޭނެ އަގު ވަކިން އެގެން އޮންނަން ވާނެއެވެ.

އިތުރު މަޢޫލޫމާތު ސާފު ކޮށްލުމަށް ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840024 އާއި ގުޅުއްވުމުން ސާފުވެވަޑައި ގަންނަވާނެއެވެ.

 އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް :

1-      ރަޖިސްޓްރީ ވެގެން ހިނގާ ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީފީ ދެއްކި ރަސީދު ގެ ކޮޕީ

2-      ކޮމްޕެނީގެ ޕްރޮފައިލް .

3-      އަމިއްލަ ފަރުދެއްނަމަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ގެ ކޮޕީއަކާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 ނޯޓް : ރުއްތައް ޙަވާލު ކުރުމުގައި އިސްކަންދޭނީ އެންމެ ރަގަޅު އަގެއް ހުށަހެޅި ފަރާތަކަށެވެ. އެއް ފަރާތަށްވުރެ ގިނަފަރާތުން އެއް އަގެއް ހުށަހަޅާފައި ވާނަމަ އެފަރާތް ތަކުގެ މެދުގައި ގުރުވަތު ލައިގެންނެވެ. 

04 އޭޕްރިލް 2023