ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)I10MHC/INDIV/2023/03
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 13 އޭޕްރިލް 2023 14:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ޞިއްޙި މަރުކަޒު
ދިވެހިރާއްޖެ
އދ. މާމިގިލީ ޞިއްޙީމަރުކަޒަށް އެސިސްޓަންޓް ކަސްޓަމަރ ސާރވިސް އޮފިސަރުން ހޯދުމަށް (ދާއިމީ)

ނަމްބަރ: (IUL)I10MHC/INDIV/2023/3

ވަޒީފާގެ ފުރުޞަތު

އދ. މާމިގިލީ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

އިޢުލާނު

މަޤާމު:

އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-347937, J-347938

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އދ. މާމިގިލީ ޞިއްޙީމަރުކަޒު

މުސާރަ:

-/4465 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ (މަހަކު)

ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމްވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށާއި ހިދުމަތް ހޯދަން ގުޅާ ފަރާތްތަކަށް ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި ހިދުމަތް ހޯދުމަށް ޑިޕާޓްމަންޓުތަކަށް ދާންޖެހޭ މަގު ދައްކައިދިނުން.
  2. ހޮސްޕިޓަލް އަށް އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  3. ހޮސްޕިޓަލްގެ ހިދްމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޑިޕާޓްމަންޓުތަކުން ހިދްމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމާއި ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން.
  4. ކޯލް ސެންޓަރ އަދި ކައުންޓަރުތަކުގައި މަސައްކަތްކުރާއިރު އެތަންތަނަން އަންނަކޯލްތަކަށް ޖަވާބުދީ ، ޕާސްކުރަން ޖެހޭ ކޯލްތައް ޕާސްކުރުން އަދި ސާފުކުރަން އެދޭ މަޢުލޫމާތު ފޯނުން ސާފުކޮށްދިނުން
  5. ކަސްޓަމަރ ސަރވިސް ސެންޓަރަށް އަންނަ ފޯނުކޯލް ތަކަށް ޖަވާބުދާރީވުން: އެގޮތުން ހޮސްޕިޓަލްގެ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމުގައި އެ ބޭނުންވާ މައުލޫމާތުތައް ބަލައި ހޯދައި އެ މައުލޫމާތުތައް އެފަރާތްތަކަށް ފޯރުކޮށްދިނުން
  6. ކަސްޓަމަރުންނަށް ދިމާވާ މައްސަލައް ހައްލުކުރުން: އެގޮތުން މައްސަލަތައް ރަނގަޅަށް ސާފުކޮށް، އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި އެމައްސަލަ ހައްލު ކުރެވޭނޭ ގޮތްތަކާއި އެކަމުގެ އޯލްޓަނޭޓިވްސް ހޯދުމާއެކު، އެ މައްސަލަތައް ހައްލުކުރުމާއި، ހައްލުނުކުރެވޭ މައްސަލަތައް ސުޕައިވައިޒަރުގެ ސަމާލުކަމަށް ގެނައުން
  7. ކަސްޓަމަރ ސަރވިސް ސެކްޝަނަށް ލިޔުމުން ހުށަހެޅޭ ރިކުއެސްޓްތައް ބަލައި ޖަވާބުދާރީ ވާންޖެހޭ ކަންތައްތަކަށް ސުޕަވައަޒަރުގެ ލަފާގެމަތިން ޖަވާބު ދިނުން
  8. މައުލޫމާތު ހޯދަން އަންނަ/ ގުޅާ ފަރާތްތަކަށް އެ ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ނުވަތަ އެ މައުލޫމާތު ފޯރުކޮށްދެވޭނޭ އިންތިޒާމެއް ހަމަޖެއްސައި އެ މައުލޫމާތު ފޯރުކޮށްދެވިއްޖެކަން ކަށަވަރު ކުރުން
  9. އެޕޮއިންޓްމަންޓް ވެއިޓްލިސްޓް ކުރުމާއި، ކަސްޓަމަރ ސަރވިސް ސެންޓަރުގެ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން
  10. ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކާއި ގުޅޭގޮތުން ހުށައަޅާ ޝަކުވާތަށް އަޑުއަހައި ހައްލުކޮށްދިނުން.
  11. ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ހިދުމަތާއި ގުޅޭގޮތުން ދެކޭގޮތް އޮޅުންފިލުވުމަށްފަހު ކަމާ ބެހޭ ޔުނިޓް/ޑިޕާޓްމަންޓުތަކަށް އެންގުން.
  12. ހޮސްޕިޓަލުގެ ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ހިދްމަތަކަށް ހެދުމަށް މަސައްކަތްކުރުން.
  13. ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކަކީ ފެންވަރު ރަގަޅު އަދި ހިދުމަތްހޯދަން އަންނަ ފަރާތްތަކުން އެދޭ ފަދަ ގޮތަކަށް ފޯރުކޮށް ދެވުނު ހިދުމަތެއްކަމުގައި ހެދުން.
  14. ޚިދުމަތް ލިބި ގަތުމަށް ގުޅާ ފަރާތްތަކަށް އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މުއާމަލާތްތުކުރުން. ޚިދުމަތް ލިބި ގަތުމަށް ގުޅަ ފަރާތަކަށް ބޭނުންވާ ހިދުމަތް ދަނެގަތުން
  15. ކޯލް ސެންޓަރއަށް އަންނަ ހުރިހާ ފޯންކޯލުތަކުގައި އާއްމު މީހުން ޚިއްސާ ކުރާ މައްސަލަތަކުގެ ސިއްރި ހިފެހެއްްޓުން، އަދި އެފަރާތްތަކުގެ މައުލޫމާ އޮންނަ އުސޫލުން ބޭރުން ހުއްދަނެތި އެހެން އެއްވެސް ފަރާތަކާއި ޚިއްސާނުކުރުން

މަޤާމުގެ ޝަރުޠުތައް:

މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ  'ހަޔަރސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ނުވަތަ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ހާސިލްކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނޯޓް:

މަތީގައިވާ  ދެވަނަ ޝަރުތުން މަގާމަށް ޝަރުތު ހަމަކުރުމުގައި، މަގާމަށް ކުރިމަތިލާފައިވާ ފަރާތުން "ދިވެހިބަހުގެ ދާއިރާ" އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެ ސަނަދުން ޖީ.އެސް.3 ގެ ޝަރުތުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި ( އެސަނަދުން މަގާމަށް ޝަރުތު ހަމަވާކަމުގައި) ބަލަންވާނެއެވެ.

މަގާމުގެ ތައުލީމީ ރޮނގުތައް:

 ނެތް

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

 ނެތް

މަގާމުގެ ކޯ ޑިސިޕްލިން:

 ނެތް

މަގާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ކަސްޓަމަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx  އަދި އދ. މާމިގިލީ ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޖީ.އެސް.3 އަދި ޖީ.އެސް. 4 ގެ އޮފިސަރ ކްލެސިފިކޭޝަންގެ ކްރައިޓީރިއާ

  އަސާސީ ޝަރުތު ހަމަވުމުން

30%

  އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5%

  އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

  އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

25%

  އިންޓަރވިއު

35%

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޭޕްރީލް 2023 ވާ ބުރާސްފަތިދުވަހު ގެ 14:00 ގެ ކުރިން، އދ. މާމިގިލީ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 އޭޕްރީލް 2023 އާއި 6 މެއި 2023  އާ ދެމެދު، އދ. މާމިގިލީ ޞިއްޙީމަރުކަޒު ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680872 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

5 އޭޕްރީލް 2023

05 އޭޕްރިލް 2023