ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)I10MHC/INDIV/2023/01
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 13 އޭޕްރިލް 2023 14:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ޞިއްޙި މަރުކަޒު
ދިވެހިރާއްޖެ
އދ. މާމިގިލީ ޞިއްޙީމަރުކަޒަށް ރެޖިސްޓާރޑް ނަރުހުން ހޯދުމަށް (ދާއިމީ)

ނަންބަރ: (IUL)I10MHC/INDIV/2023/1

ވަޒީފާގެ ފުރުޞަތު         

އދ. މާމިގިލީ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

 ރެޖިސްޓާރޑް ނާރސް

މަޤާމް:

J-347947, J-347948, J-347949

މަޤާމުގެ ނަންބަރު:

03 (ތިނެއް)  

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ނާރސިންގ ޕްރޮފެޝަނަލް

މަޤާމުގެ ކްލެސިފިކޭޝަން:

އދ. މާމިގިލީ ޞިއްޙީ މަރުކަޒު

މަޤާމް އޮތް އޮފީސް:

އދ. މާމިގިލީ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމުގެ އަސާސީ މުސާރަ، މަހަކު ( ރުފިޔާ )

އަސާސީ ޝަރުތު

ސިވިލްސަރވިސްގެ ރޭންކް

މަޤާމް

9060.00

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލްކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

CS8-1

ރެޖިސްޓަރޑް ނާރސް

9210.00

ރެޖިސްޓަރޑް ނަރސް، ސީއެސް8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

CS8-2

9360.00

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

CS8-3

9670.00

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

CS10-1

ސީނިއަރ ރެޖިސްޓާރޑް ނާރސް

9920.00

ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް 10-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

CS10-2

10160.00

ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް 10-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

CS10-3

10410.00

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

CS12-1

ކްލިނިކަލް ނާރސް

10660.00

ކްލިނިކަލް ނަރސް، ސީއެސް12-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

CS12-2

10940.00

ކްލިނިކަލް ނަރސް، ސީއެސް12-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

CS12-3

·     ހޮސްޕިޓަލްގެ ލެވެލް 3 އަދި 24 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް- މަސައްކަތް ނުކުންނަ ކޮންމެ ދުވަހަކަށް -/188 ރުފިޔާ

ސާރވިސް އެލަވަންސް:

1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

2- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް.

އެހެނިހެން އެލަވަންސް:

·     ޞިއްޙީ މަރުކަޒުން ޚިދްމަތް ހޯދާ ފަރާތްތަކަށް ނާރސިންގ ކެއަރ ދިނުމުގެ ހުރިހާ ޒިންމާތައް އަދާކުރުމަށް

·     ނާރސިންގ ކެއަރ ދިނުމާއި ރެކޯރޑް ފުރިހަމުރުން.    

·     ޞިއްޙީމަރުކަޒުގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން. 

·     ވޯޑެއް ނުވަތަ އެފަދަ ނާރސިންގ ޔުނިޓެއް އެކަށީގެންވާ ފެންވަރަކަށް ހިންގުން.

·     ނާރސިންގ ޕްރޮޓޮކޯލްއާއި އެއްގޮތްވާ ގޮތުގެމަތިން ނާރސިންގ ކެއަރ ދިނުން.

·     ޑޮކްޓަރުގެ އޯޑަރުތަކަށް ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުން. 

·     ޑިޔުޓީ އިންޗާރޖެއްގެ ގޮތުން މަސައްކަތް ކުރުން.

·     ނާރސިންގ ޕޮލިސީ ރޭވުމާއި ހިންގުމުގައި ވެރިންނަށް އެހީތެރިކަން ދިނުން.  

·     ޞިއްޙީމަރުކަޒުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ޔުނިވަރސަލް އިންފެކްޝަން ޕްރޮޓޮކޯލްއަށް ޙުރުމަތްތެރިކޮށް ހިތުން.   

·     މެދުކެނޑުމެއްނެތި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހިއްސާކޮށް ފަރުވާ ދިނުމުގެ ޕްރޮގްރާމް ރާވާ ދެވުނު ފަރުވާގެ ނަތީޖާ ބަލާ ރަނގަޅު ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުން.  

·     ބަލިމީހުންނަށް ރަގަޅު ފުރިހަމަ ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާން ތެރިކަމާއިއެކު އޭނާގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.

·     ޑިޔުޓީގައި ޞިއްޙީމަރުކަޒަށް ގެންނަ މާބަނޑުމީހުން ޑެލިވަރީ ކުރުމުގައި އެހީތެރިވުމާއި އެބްނޯމަލް ކޭސްއެއްނަމަ ޑޮކްޓަރަށާއި، މަރުކަޒު ހިންގަވާ ބޭފުޅަކަށް ބަލިމީހާގެ މަޢްލޫމާތު ދިނުން. 

·     ބްލަޑް ބޭންކް، މާބަނޑު މީހުންގެ ކްލިނިކް އަދި ކުޑަކުދިންގެ ކްލިނިކްތައް ހިންގުމުގައި ބައިވެރިވުން    

·     ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނާއި ޞިއްހީ މަރުކަޒުގެ އެކިއެކި ބޭނުންތަކަށް އަންނަ މީހުންނާއި އެހީތެރިކަން ލިބެންޖެހޭ ފަރާތްތަކާއި ގުޅުވައި ދިނުން.  

·     ބަލިމީހުންގެ ރެކޯރޑް އަދި ރިޕޯރޓް ބެލެހެއްޓުމާއި އަދި މީހެއްގެ ޙާލު ބޮޑުވެއްޖެނަމަ ޑޮކްޓަރަށް ރިޕޯރޓްކޮށް ޑޮކްޓަރގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.   

·     ބަލިމީހުންނާއި އެހީތެރިންނަށް ބައްޔާއިބެހޭ ގޮތުން ޑޮކްޓަރުގެ ލަފާގެމަތިން އިރުޝާދު ދިނުން.     

·     އޮޕަރޭޝަން ތިއޭޓަރާއި ލޭބަރ ރޫމްގައި ކުރެވޭ އެކިއެކި އޮޕަރޭޝަން ތަކުގައި ޢަމަލީގޮތުން ބައިވެރިވުން.    

·     ޞިއްޙީމަރުކަޒަށް ޚިދްމަތް ހޯދުމަށް އަންނަ މީހުންނަށް ޞިއްޙީ އިރުޝާދު ދިނުމާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުން.    

·     ޑިއުޓީ ގަޑީގައި ހިނގާ އާދަޔާ ޚިލާފު ކަންތައްތައް މަރުކަޒު ހިންގަވާ ބޭފުޅާއަށް ރިޕޯރޓް ކުރުން. 

·     ވޯޑްގައި ބަލިމީހުން އެޑްމިޓްކުރުމުގައާއި ޑިސްޗާރޖް ކުރުމުގައި ޞިއްޙީމަރުކަޒުގެ ޤަވާޢިދާ އެއްގޮތަށް ޢަމަލްކުރުން.

     

·     ޞިއްޙީމަރުކަޒުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް ރިފަރކުރެވޭ ބަލިމީހުންނާއިއެކު ދަތުރު ކުރުން. އަދި ރިފަރކުރެވޭ ބަލިމީހުންނާއިއެކު ގެންދާ އިކްވިޕްމަންޓްސް އާއި ތަކެތި ހަމަޔަށް ޞިއްޙީމަރުކަޒަށް ގެނައުން.

·     ބަލިމީހާ ޑޮކްޓަރަށް ހުށަހަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައި ދިނުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގާ ދިނުމަށް ވިދާޅުވާ ކަންތައްތައް ބަލިމީހާއަށް އަންގާ ދިނުން.

·     ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިޔުމުގަޔާއި އަދިވެސް މިފަދަ ކަންކަމުގައި ޑޮކްޓަރާއި އެހީވުން.

·     އާސަންދަގެ ދަށުން ހަމަޖައްސަންޖެހޭ ލިޔެކިޔުންތައް ފުރިހަކުރުން.  

·     ޞިއްޙީ މަރުކަޒު އިންފޮރމޭޝަން ސިސްޓަމް ދުވަހުން ދުވަހަށް އަޕްޓޭޑް ކުރުމުގައި ބައިވެރިވުން.

·     މެޑިކަލް ރެކޯރޑްސް ތައްޔާރުކުރުމުގައި އެހީތެރިވުން.   

·     އެޓެންޑެންޓުން ލައްވާ ވޯޑްތެރެ ސާފްކުރުމުގައި އެހީތެރިވުމާއި އެމީހުންގެ މަސައްކަތް ސްޕަރވައިޒް ކުރުން.     

·     ބަލިމީހުންގެ ޔުނިޓް ސާފްތާހިރުކޮށް ބެލެހެއްޓުން.

·     ރިސެޕްޝަނިސްޓެއް ނެތިއްޖެ ޙާލަތެއްގައި ރިސެޕްޝަން މަސައްކަތް ކުރުން. 

·     ތަރުޖަމާނެއް ނެތިއްޖެ ޙާލަތުގައި ތަރުޖަމާކުރުން.

·     ހެލްތް އެޑިއުކޭޝަން ޕްރޮގްރާމްތައް ހިންގައި ހުށަހެޅުން. 

·     ޑިޔުޓީކުރުމާއި މެޝީނަރީޒް ބެލެހެއްޓުން އަދި އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުން. 

·     ކަނޑައެޅިފައިވާ ގޮތުގެ މަތިން ޑިޔުޓީ އަދާކުރުން އަދި ނުރަސްމީގަޑިތަކުގައި އޮފީހުން އަންގަވާ ގޮތެއްގެ މަތިން ކޯލް ޑިޔުޓީއަށް ނުކުތުން    

·     ކަނޑައެޅިފައި ޑިޔުޓީގަޑީގައި ޝިފްޓް އިންޗާރޖް ޙަވާލުކުރާ ޞިއްޙީމަރުކަޒުގެ ނަރުހުންގެ ދާއިރާގެ އެންމެހާ ކަންތައްތައް ކުރުން.

·     ބޭނުންވާ އިކްވިޕްމަންޓް ފަދަ ތަކެތި އޮޓޯކްލޭވް ކުރުމާއި، އޯޓީ، ލޭބަރރޫމް، ޑްރެސިންގ ރޫމް އަދި ވޯރޑްތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން.

·     ވޯޑްތަކުގައި ހުންނަ އިކްވިޕްމަންޓްތައް ބަލަހައްޓާ އެތަނުގައި ހުރިނެތް ތަކެތިބަލާ އަދި މަދުވާ ތަކެތި ހަމަކުރުން.

·     ވޯޑް އިމަރޖެންސީ ސްޓޮކް ބެލެހެއްޓުމުގައި އެހީތެރިވުން. 

·     ޞިއްޙީ ޚިދްމަތް ފޯރުކޮށް ދިނުމުގެ ގޮތުން ވެކްސިން ދިނުމުގައި ބައިވެރިވެ ޙަރަކާތްތެރިވުން     

·     ބަލިމީހުންގެ ސިއްރުތައް ރައްކާތެރިކޮށްދިނުމާއި ސިއްރުތައް ހިފެހެއްޓުން.

     

·     ފޯންކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދްމަތްތެރިގޮތެއްގައި ފޯނުގެ ޚިދްމަތް ފޯރުކޮށްދިނުން   

·     ކޮމިޔުނިކޭބަލް ޑިޒީޒް ރިޕޯރޓް ތައްޔާރުކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.

·     ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ މެޝިނަރީޒްތަކާއި އިކްވިޕްމަންޓްފަދަ އެއްޗެތި ހަލާކުވެ ނުވަތަ ފުރިހަމަޔަށް މަސައްކަތްނުކުރާނަމަ އެކަން ޝިފްޓް އިންޗާރޖް އާއި ހެލްތް ސެންޓަރ އިންޗާރޖްއަށް އެންގުން.  

·     ޞިއްޙީމަރުކަޒުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން. 

·     ޞިއްޙީމަރުކަޒުގެ ޢާއްމު އުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން    

·     މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން. 

·     މަރުކަޒަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން 

·     މަސައްކަތުގައި އިޚްލާޞްތެރިވެ، މަރުކަޒުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް މަރުކަޒުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި މަރުކަޒުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.     

·     މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް

·     ގައިންގަޔަށް އަރާ ބަލިތަކަށް އެކްސްޕޯޒް ވުން.

·     ބަލިމީހުނަށް ބޭނުންކުރާ (ކަށި، ތިލަ އަދި މިނޫންވެސް ތޫނުތަކެތިން) ލިބިދާނެ ގެއްލުމެއް.

·     ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން.

·     ބަލިމީހުންގެ ހަށިގަޑުން ބޭރުވާ ދިޔަ (ލޭ، ދޮސް، ހުޑު، ކުޑަކަމުދާ އެއްޗެތި، ބޮޑުކަމުދާ އެއްޗެތި) ފަދަ ތަކެއްޗަށް އެކްސްޕޯޒްވުން.

·     ރޭޑިއޭޝަން (އެކްސްރޭ، ސީޓީ ސްކޭން، އެމް އާރު އައި ސްކޭން) ފަދަ ތަކެއްޗަށް

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

-       ނާރސިންގ

ގުޅޭ ވަޒީފާގެ ދާއިރާތައް:

-       ނާރސިންގ

ތަޢުލީމީ ރޮނގުތައް:

1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ، އދ. މާމިގިލީ ޞިއްޙީމަރުކަޒު ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

1.  މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7- މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

-       ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

-       މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

-       ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އދ. ޞިއްޙީމަރުކަޒަށެވެ. ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނީ 26 އޭޕްރީލް 2023 އިން 6 މެއި 2023 އާއި ދެމެދު އދ. މާމިގިލީ ޞިއްޙީމަރުކަޒު ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް އދ. މާމިގިލީ ޞިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6680872 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ  ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

އޭޕްރިލް 2023

 

05 އޭޕްރިލް 2023