މުބާރާތް
ނަންބަރު: (IUL/376/356/2023/17)
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 13 އޭޕްރިލް 2023 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމާއި ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

މި އިޢުލާންވަނީ 13 އޭޕްރިލް 2023 11:29 ގައި ބާތިލް ކުރެވިފައެވެ.


    1444 ވަނަ އަހަރު ފިތުރު އީދުގެ މުނާސަބަތާގުޅިގެން ދ. ބަނޑިދޫގެ ދެޖިންސްގެ ޒުވާނުންގެ މެދުގައި ފުޓްސަލް ކުޅުމުގެ ފޯރި އިތުރުކުރުމާއި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި ބަނޑިދޫ އިން ހުނަރުވެރި މޮޅު ފުޓްސަލް ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ ބަނޑިދޫ ކައުންސިލް ފުޓްސަލް މުބާރާތް 18 އެޕްރީލް 2023 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި 2 މުބާރާތުގައި ބައިވެރިވެވޭނީ ދ. ބަނޑިދޫއަށް ނިސްބަތްވާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށާއި އާންމު ފަރުދުން އެކުލަވާލާ ޓީމްތަކަށެވެ.

    މި 2 މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުވުމަށްފަހު 13 އެޕްރީލް 2023  ވަނަ ދުވަހުގެ 11:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. ޓީމް ރަޖިސްޓްރީކުރަން އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިސަލުން ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް އަދި މުބާރާތުގެ ހިންގާ ޤަވާއިދު  މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެވާހަކަ ދެންނެވީމެވެ.

    މި 2 މުބާރާތް ސްޕޮންސަރ ކުރުމަށް އެދޭ ފަރާތްތަކުން 13 އެޕްރީލް 2023 ވަނަ ދުވަހުގެ 11:00 ގެ ކުރިން ސިޓީ އަކުން މިކަމަށް އެދި ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓައިޓަލު ދެވޭނީ އެންމެ ދަށްވެގެން 10000ރ  ހުށަހަޅާ ފަރާތަކަށްށެވެ. މުބާރާތުގެ ކޯ ސްޕޮންސާރުންގެ ގޮތުގައި އެކި ދާއިރާތައް ވަކިވަކިން ހުށައެޅިދާނެއެވެ.

        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

04 އޭޕްރިލް 2023