ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތަށް ރަށުގެ ހިއްކާފައިވާ ސަރަޙައްދުގެ މަގުތައް ފާހަގަކޮށްދީ، ލޭންޑްސްކޭޕް ހަދައިދޭނެ ފަރާތެއް ހޯދުން
ކޮޅުމަޑުލު ގުރައިދޫ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތަށް ރަށުގެ ހިއްކާފައިވާ ސަރަޙައްދުގެ މަގުތައް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ފާހަގަކޮށްދީ، ލޭންޑްސްކޭޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް 26 ފެބުރުވަރީ 2023 ވަނަ ދުވަހު ކުރި ނަންބަރު (IUL)386/386/2023/17 އިޢުލާން ބާޠިލް ވުމާ ގުޅިގެން އަލުން މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 12 އޭޕްރީލް 2023 ވަނަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރެޖިސްޓްރީ ކުރައްވަން ވާނެއެވެ.
ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 13 އޭޕްރީލް 2023 ވަނަ ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 13 އޭޕްރީލް 2023 ވަނަދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ފޯން : 6780715 / 7660600
އީމެއިލް އައިޑީ : [email protected]
ބީލަން ހުޅުވުން އޮންނާނީ 25 އޭޕްރީލް 2023 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.