ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/450/2023/18
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 08 މާރިޗު 2023 13:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން ޗީފް އެގްޒެކެޓިވް އޮފިސަރއެއް ޢައްޔަނުކުރުމުގައި، ތަޢުލީމާއި ތަޖުރިބާގެ ގޮތުން ތިރީގައިވާ ކަންކަމަށް ބެލެވޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

މަސައްކަތުގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (ލެވެލް 7) ފުރިހަމަކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގެ 5 އަހަރުގެ ތަޖުރިބާ (މީގެ ތެރޭގައި ހިންގުމުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ) ހުރުން. މީގެ އިތުރުން މަސައްކަތުގެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ (ލެވެލް 9) ފުރިހަމަކޮށްފައިވާނަމަ އިސްކަންދެވޭނެއެވެ.

ނޯޓް:

  1. ބެޗްލަރސް/މާސްޓަރސް ޑިގްރީގެ ދާއިރާކަމުގައި ބަލާނީ ސޯޝަލް ސައިންސްގެ ދާއިރާތަކުގެ ތެރެއިން ގުޅުންހުރި ދާއިރާއަކުން ތަޢުލީމު ހާޞިލުކޮށްފައިވާނަމައެވެ. މިގޮތުން، ޖެންޑަރ ސްޓަޑީސް، ޑިވެލޮޕްމަންޓް ސްޓަޑީސް، ޕޮލިސީ ސްޓަޑީސް، ހިއުމަން ރައިޓްސް، ޤާނޫނީ ދާއިރާ، އިޖްތިމާޢީ ދާއިރާތައް ހިމެނެއެވެ.
  2. މަސައްކަތުގެ ދާއިރާގެ މަސައްކަތު ތަޖުރިބާ ކަމުގައި ބަލާނީ އަނިޔާއާ ގުޅުންހުރި، ޖެންޑަރގެ ކަންކަމާ ގުޅުންހުރި ނުވަތަ ވަލްނަރަބަލް ޢާއިލާތަކާއެކު މަސައްކަތްކޮށްފައިވާނަ ނުވަތަ ޢިޖްތިމާއި ދާއިރާގައި މަސައްކަތްކޮށްފައިވާ ނަމައެވެ. އަދި ވޮލެންޓިއަރކޮށް ކޮށްފައިވާ މަސައްކަތްވެސް ތަޖުރިބާގެ ތެރޭގައި ބެލެވޭނެއެވެ.

މުސާރައާއި ޢިނާޔަތްތައް

  • މުސާރަ: މަހަކު 20,500.00 ރުފިޔާ
  • ލިވިންގ އެލަވަންސް: މަހަކު 15,000.00 ރުފިޔާ
  • އިތުރު ޢިނާޔަތްތައް: ހަމަޖެހިފައިވާ އުޞޫލުން ފޯން އެލަވަންސް އަދި ރަމަޟާންމަހުގެ ޢިނާޔަތް ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތްތައް ހޯދައި، މި މަސައްކަތްތައް ރާވައި، ބޯޑުގެ މަޝްވަރާއާއެކު މި މަސައްކަތްތައް ހިންގުން.
  2. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ބޯޑަށް ހުށަހަޅައި ބޯޑުގެ ލަފާ ހޯދައި، މަސައްކަތްތައް ކުރެވޭނެ ގޮތްތައް ހޯދުން.
  3. އޮތޯރިޓީގެ މަސައްކަތުގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ސްޓްރެޓީޖިކް ޕްލޭނާއި، އެއާ ގުޅުވައިގެން ހަދަންޖެހޭ އެކްޝަން ޕްލޭންތަކާއި ވަރކް ޕްލޭންތައް އެކުލަވައިލައި ބޯޑަށް ހުށަހަޅައިގެން ފާސްކުރުވައި، ތަންފީޛު ކުރުމާއި، މޮނިޓަރކޮށް ބެލެހެއްޓުން.
  4. އޮތޯރިޓީގެ ހިންގާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ބޯޑުން ނިންމާ ނިންމުންތައް ތަންފީޛުކޮށް ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުން.
  5. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތްތައް ހޯދައި، މި މަސައްކަތްތައް ރާވައި، ބޯޑުގެ މަޝްވަރާއާއެކު މި މަސައްކަތްތައް ހިންގުން.
  6. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ކަނޑައަޅައިފައިވާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ބޯޑަށް ހުށަހަޅައި ބޯޑުގެ ލަފާ ހޯދައި، މަސައްކަތްތައް ކުރެވޭނެ ގޮތްތައް ހޯދުން.
  7. އޮތޯރިޓީގެ މަސައްކަތުގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ސްޓްރެޓީޖިކް ޕްލޭނާއި، އެއާ ގުޅުވައިގެން ހަދަންޖެހޭ އެކްޝަން ޕްލޭންތަކާއި ވަރކް ޕްލޭންތައް އެކުލަވައިލައި ބޯޑަށް ހުށަހަޅައިގެން ފާސްކުރުވައި، ތަންފީޛު ކުރުމާއި، މޮނިޓަރކޮށް ބެލެހެއްޓުން.
  8. އޮތޯރިޓީގެ ހިންގާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ބޯޑުން ނިންމާ ނިންމުންތައް ތަންފީޛުކޮށް ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުން.
  9. އޮތޯރިޓީގެ ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ރާވައި ހިންގުމަށް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް އިރުޝާދު ދިނުމާއި، ޑިޕާޓްމަންޓްތަކުގެ މަސައްކަތާއި ގުޅޭގޮތުން ބޯޑަށް ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި ބޯޑަށް ޖަވާބުދާރީވުން.
  10. އޮތޯރިޓީއިން ހިންގާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކުގެ ތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ، ބޯޑުގެ އިރުޝާދުގެ މަތިން ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  11. އޮތޯރިޓީގެ ހިދުމަތްތަކާގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ބޯޑުގެ ލަފާގެ މަތިން ހެދުމާއި، އިސްލާހު ކުރަންޖެހޭ ގަވާއިދުތައް ބޯޑުގެ ލަފާގެ މަތިން އިސްލާހުކުރަމުން ގެންދިއުން.
  12. ބޯޑުން ޖަވާބުދާރީވާންޖެހޭ ކަންކަމާއި ހާލަތްތަކުގައި ބޯޑަށް އެހީތެރިވެދިނުން.
  13. އޮތޯރިޓީގެ މުވައްޒަފުންގެ މެދުގައި އިސްނެގުމުގެ ރޫހާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކޮށް ދެމެހެއްޓުން.
  14. އޮތޯރިޓިގެ މުދަލާއި ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބެލުން.
  15. އޮތޯރިޓީއަށް ބޭނުންވާ އިންސާނީ ވަސީލަތް ހޯދައި ތަރައްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން.
  16. އޮތޯރިޓީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތްތައް ރާވައި އެކަށައެޅުމާއި، މުވައްޒަފުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި، ގައިޑްލައިންތައް ބޯޑުގެ ލަފާގެ މަތިން އެކުލަވައިލާ، ތަންފީޛުކުރުމާއި، އިސްލާހުކުރަންޖެހޭ ގަވާއިދުތަކާއި ގައިޑްލައިންތައް ބޯޑުގެ ލަފާގެ މަތިން އިސްލާޙްކުރަމުން ގެންދިއުން.
  17. އޮތޯރިޓީގެ މުވައްޒަފުންގެ ފެންވަރު ބަލާނެ ނިޒާމެއް ބޯޑުގެ ލަފާގެ މަތިން އެކުލަވައިލާ ހިންގުމާއި، އެ ނިޒާމަށް ގެންނަންޖެހޭ އިސްލާހް ބޯޑުގެ ލަފާގެ މަތިން ގެނައުން.
  18. އޮތޯރިޓީގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ، ޓްރެއިނިންގ ނީޑްސްއާ އެއްގޮތަށް މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ލިބޭނެ ގޮތްތައް ހޯދުން.
  19. އިސްނެގުމާއި، އައު ގޮތްތަކާއި، އެންމެ ރަގަޅުގޮތްތަކާއި އައު ޓެކްނޮލޮޖީއާއި ހުނަރަށް އިސްކަންދީގެން މުވައްޒަފުންނަށް އެރޮނގުން ކުރިއެރުން  ހޯދައިދިނުމަށް  މަސައްކަތްކޮށް، ހިދުމަތް ރަގަޅުކުރުން.
  20. ކޮންމެ މީލާދީ އަހަރެއް ނިމުމުން، އެ ނިމުނު އަހަރުގެ ތެރޭގައި، އޮތޯރިޓީގެ ހަރަކާތްތަކާ ގުޅޭގޮތުން ރިޕޯޓެއް އެކުލަވައިލައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއި މިނިސްޓްރަށް ހުށަހެޅުމަށްޓަކައި ބޯޑަށް ހުށަހެޅުން.
  21. ބޯޑުގެ ބައްދަލުވުންތަކުގައި ޗީފް އެގްޒެކެޓިވް އޮފިސަރުގެ ޙައިޞިއްޔަތުން ބައިވެރިވުން.
  22. ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކާއި ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  23. ބޯޑުގެ ރައީސްގެ ނުވަތަ އެވަގުތަކު ބޯޑުގެ ހިންގުމާ ހަވާލުވެހުރި މެންބަރެއްގެ ލަފާގެ މަތިން، އޮތޯރިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުން.
  24. ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  25. ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯޓުތައް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  26. ބޯޑުގެ މަސައްކަތާގުޅިގެން ބޯޑުގެ ރައީސް ނުވަތަ ނާއިބުރައީސް އަންގާ އެހެނިހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުން: 

  1. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު. 
  2. ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

ސުންގަޑި

މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު 08 މާރިޗު 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމް މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ. އަދި މި ފޯމު ތިރީގައިވާ ލިންކުންވެސް ޑައުންލޯޑު ކުރެވޭނެއެވެ.

http://fpa.gov.mv/dv/downloads/job-application-form

އިތުރު މަޢުލޫމާތު

  1. މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  2. މި މަޤާމަށް ހޮވޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް އޮތްތޯ ބެލޭނެއެވެ.
  3. ޤަވާޢިދު ނަންބަރު 2015/R-177 (ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޤަވާޢިދު) ގެ 22 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވާ ގޮތަށް ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ މިނިސްޓަރުގެ ލަފާފުޅާއެކު އޮތޯރިޓީގެ ބޯޑުންނެވެ.
  4. މި މަޤާމަކީ 5 އަހަރު ދުވަހުގެ މުއްދަތަށް ޢައްޔަން ކުރެވޭ މަޤާމެކެވެ.
  5. އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
  6. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv އަދި ފޭސްބުކް ޕޭޖް www.facebook.com/fpa.maldives އިން ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ނަންބަރ 3010551 އަށް ގުޅުއްވުން އެދެމެވެ.
26 ފެބުރުވަރީ 2023