ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-C/30/2023/81
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 13 އޭޕްރިލް 2023 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތިރީގައިވާ އޮފީސްތަކުގެ ސެކިއުރިޓީ އެއްއަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  • ފެޑް ސެންޓަރ / ހުޅުމާލެ
  • މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް / މާލެ
  • ފިޝަރީޒް ޓްރެއިނިންގް ސެންޓަރ / ވިލިމާލެ

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339251,3339205އަދި 3339282 ނަންބަރު ފޯނަށެވެ.

04 އޭޕްރިލް 2023