ޢާންމު މަޢުލޫމާތު
ނަންބަރު: ( IUL)RHC-LS/2023/03
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 18 އޭޕްރިލް 2023 13:00
މުލަކަތޮޅު ރަތްމަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މ.ރަތްމަންދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ ސާމްޕަލް ހިފައިގެން ދަތުރުކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މުލަކަތޮޅު ރަތްމަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ

 

                         މ.ރަތްމަންދޫ ސިއްޙީމަރުކަޒުގެ ލެބޯޓްރީ ސާމްޕަލް ހިފައިގެން ދަތުރުކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ


                                                  އިޢުލާން

މ. ރަތްމަންދޫ ސިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ އެންމެހާ ސާމްޕަލްތައް މ. ދިއްގަރު ޞިއްޙީ މަރުކަޒަށް ގެންގޮސްދިނުމާއި، ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ހޯދުން

 

    މ.ރަތްމަންދޫ ސިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް މ. ދިއްގަރު ޞިއްޙީ މަރުކަޒަށް ގެންގޮސްދިނުމާއި، ކެރިއަރ އަނބުރާ ގެނެސްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު   13:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 އޭޕްރިލް 2023 ވާ

އަންގާރަ ދުވަހުގެ 13:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

    މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބުތަކާއި އަދި ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ވާހަކައާއި ،

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6720053 ނަންބަރާއި ގުޅުއްވުން އެދެމެވެ.

    ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

                                         04 އޭޕްރިލް 2023                                                                                                  

   

04 އޭޕްރިލް 2023